Advertisement

ޕާކިސްތާންގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކަށް ބަޑިން ހަމަލާދީ މަރާލައިފި

2 ފެބުރުވަރީ 2024 - 06:31 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން (ކ) އަދި ބަޑިން ހަމަލާދީ މަރާލި ރީހާން (ވ) -- ފޮޓޯ: ޕީޓީއައި


ޕާކިސްތާންގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކަށް ބަޑިން ހަމަލާދީ މަރާލައިފި

2 ފެބުރުވަރީ 2024 - 06:31 1

އަންނަ ހަފުތާގައި ބާއްވާ ޕާކިސްތާނުގެ އާންމު އިންތިހާބުގައި ވާދަކުރައްވާ މިނިވަން ކެންޑިޑޭޓް ރީހާން ޒައިބް ޚާންއަށް ބަޑިން ހަމަލާދީ މަރާލައިފި އެވެ.

ޕާކިސްތާނުގެ ފުލުހުން ބުނީ ކެމްޕެއިންގައި ބުދަ ދުވަހު ގަބީލާ ސަރަހައްދަކަށް ގޮސް ކާރުގައި ރީހާން އިންދައި ބަޑިން ހަމަލާދީފައިވާއިރު، އޭނާ މަރުވެފައި ލިބިފައިވާ ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ.

ރީހާންއަކީ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން ތާއިދުކުރައްވާ ކެންޑިޑޭޓެއް ކަމަށް އަޑު ފެތުރިފައި ވާއިރު، މިއީ ޕާކިސްތާނުގެ އާންމު އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކަށް ހަމަލާދީ މަރާލި ދެވަނަ ފަހަރެވެ. މީގެ ކުރިންވެސް ވަނީ އިމްރާން ޚާން ތާއިދު ކުރައްވާ ކެންޑިޑޭޓަކަށް ހަމަލާދީ މަރާލާފަ އެވެ.

އިމްރާން ޚާންގެ ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރުމުގެ ޓިކެޓް ނުލިބުމުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރާ ރީހާންއަކީ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) ގެ މެމްބަރެކެވެ.

އިމްރާން ޚާންއަށް ފާއިތުވި ދެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ. ދައުލަތުގެ ސިއްރު ލިޔުންތަކެއް ލީކްކުރިކަން ސާބިތުވެ މިދިޔަ އަންގާރަ ދުވަހު 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ދައުލަތަށް ލިބިފައިވާ ހަދިޔާތައް ވިއްކިކަން ސާބިތުވެ އިމްރާން ހާން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ބުޝްރާ ބީބީއަށް އިއްޔެ ވަނީ 14 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

ޕާކިސްތާނުގެ އާންމު އިންތިހާބު އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިންތިހާބާ ގުޅުވައިގެން އެ ގައުމުގައި ހިނގަމުންދާ ކަންކަމާ ގުޅިގެން އެކި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.