Advertisement

ޝަމީމްއަށް ހަމަލާދިން މީހުންގެ އިންސާފުގެ ކުރިމައްޗަށް ގެންނަން އަސްލަމް ގޮވާލައްވައިފި

31 ޖަނަވަރީ 2024 - 17:57 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް:


ޝަމީމްއަށް ހަމަލާދިން މީހުންގެ އިންސާފުގެ ކުރިމައްޗަށް ގެންނަން އަސްލަމް ގޮވާލައްވައިފި

31 ޖަނަވަރީ 2024 - 17:57 0

ޕްރޮސެކިއުޓާ ޖެނެރަލް، ހުސެއިން ޝަމީމްއަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ފުރިހަމަ ތަހުގީގެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް ގޮވާލައްވައިފި އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް، އެކްސްގައި އަސްލަމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަމީމްއަށް އަވަސް ޝިފާއަކަށް އެދިލައްވާ ކަމަށާއި ޝަމީމްއަށް ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރަންޖެހޭނެ ކަަމަށެވެ.

"ޕްރޮސެކިއުޓާ ޖެނެރަލް، ހުސެއިން ޝަމީމްއަށް ދިން ހަމަލާ ހަރުކަށި އިބާރާތުން އަޅުގަނޑު ކުށްވެރި ކުރަން، އެ މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގައި ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމާގުޅޭ އިދާރާތަކަށް އަޅުގަނޑު ގޮވައިލަން،" އަސްލަމްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

ޕީޖީ ޝަމީމްއަށް މިއަދުގެ ހެނދުނުގެ ވަގުތެއްގައި ހަމަލާދިނީ ސައިކަލެއްގައި އައި މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ކަމަށް ފުލުހުން ބުުނެފައިވެ އެވެ. މަރުތޭލަކުން ދިން ހަމަލާގައި ޝަމީމްގެ އަތުގައި ރެނދެއްލީ ނަމަވެސް އޭނާއަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، އެދެވޭ މުއްދަތެއްގެ ތެރޭގައި ތަހުގީގު ނިންމާކަން ކަށަވަރު ކުރަން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ދަ ޑިމޮކްރެޓްސް ރައީސް އަދި އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ ހުށަހަޅުއްވާފަ އެވެ.