Advertisement

ހޫލޫ އިން "އެންޓި-ހަމާސް" އޭއައި ޕްރޮޕެގަންޑާ އިސްތިހާރެއް ދައްކަނީ

1 ފެބުރުވަރީ 2024 - 06:18 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

ހޫލޫ އިން ދައްކާ އިސްތިހާރު ދައްކާދޭ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް


ހޫލޫ އިން "އެންޓި-ހަމާސް" އޭއައި ޕްރޮޕެގަންޑާ އިސްތިހާރެއް ދައްކަނީ

1 ފެބުރުވަރީ 2024 - 06:18 0

ވީޑިއޯ ސްޓްރީމިން ޕްލެޓްފޯމް ހޫލޫ އިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަމާސް އާ ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕްރޮޕެގެންޑާ އިސްތިހާރެއް ދައްކާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އެމެރިކާގެ ވަޔާޑް މެގަޒިންގެ އިތުރުން އެހެން މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ހޫލޫގައި ދައްކާ އިސްތިހާރުން ފެންނަނީ "ޓޫރިޒަމަށް ފައްކާވެފައިވާ" ގާޒާއެކެވެ. އަދި މިއީ ހަމާސް ނުވާ ނަމަ ގާޒާ އޮންނާނެ ގޮތްކަމަށް އެ އިސްތިހާރުން ބުނެ އެވެ.

މި 30 ސިކުންތުގެ އިސްތިހާރު ފެށެނީ ފަތުރުވެރިކަމުގެ އިސްތިހާރެއް ފަދައިން ނެވެ. އެގޮތުން، "ރީތި ގާޒާއަށް ޒިޔާރަތްކޮށްލާ" އިނގެރޭސި ބަހުން ޖަހާފައިވާ އިރު، ފަހަތުން އުސް ރުއްތަކާއި، ގޮނޑުދޮށާއި އުސް އިމާރާތްތައް ފެނެ އެވެ.

އަދި މިތަނުގެ ރީތިކަން އަޑަކުން ބަޔާކޮށްދެމުން ދާއިރު ރީތި އެކި ސަރަހައްދުތަކާއި އުފަލާ މަޖަލުގައި އުޅޭ އެކި މީހުން ދައްކާލަ އެވެ. ފަސްތަރީގެ ހޮޓާތަކާއި މެދުއިރުމަތީގެ މީރު ރަހަތައް މިތަނުން ލިބޭނެ ކަމަށް ބުނެ އެވެ.

ހޫލޫގެ އިސްތިހާރު ދައްކާދޭ ވީޑިއޯއެއް


ނަމަވެސް ކުއްލިއަކަށް ބަޑިތަކާއި ރޮކެޓުތަކަށް މަންޒަރުތައް ބަދަލުވެ މިއީ ހަމާސް ނެތްނަމަ ގާޒާ އޮންނާނެ ގޮތްކަމަށް އެ އަޑުން ބުނެ އެވެ. އެއަށް ފަހު ފެންނަނީ ކުދިން މަގުމަތީ އުޅޭތަނާއި އެކި މީހުން ބަޑި ހިފައިގެން އުޅޭތަނެވެ. އަދި ހަމާސްގެ ފަރާތުން ގާޒާ މިނިވަން ކުރުމަށް އެދޭ ލިޔުންކޮޅެއް އަރާ އިސްތިހާރު ނިމެ އެވެ.

މި އިސްތިހާރާއި ގުޅިގެން ހޫލޫ ބޭނުންކުރާ ގިނަބަޔަކު ވަނީ އެކުންފުންޏަށް ފާޑު ކިޔައިފަ އެވެ. އެގޮތުން މިއީ އިޒްރޭލުން ފަންޑުކޮށްގެން ތައްޔާރުކޮށްފައިވާ އިސްތިހާރެއްކަމަށާއި "ޖެނޮސައިޑް" އެއްގެ މަތިއޮމާންކުރަން އުޅޭކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އޮކްޓޫބަރު ހަތެއްގެ ހަމަލާއާއެކު އިތުރަށް ވަރުގަދަވި ހަނގުރާމާގައި، މިދިޔަ ހަފްތާއާ ހަމައަށް އިޒްރޭލުން ވަނީ ފަލަސްތީނުގެ 25،000 ވުރެ ގިނަ މީހުން މަރާލައިފަ އެވެ. އިޒްރޭލުން ގާޒާގައި ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ އަމާޒުގައި ހިންގަމުންދާ ހުރިހާ އަމަލެއް ހުއްޓުމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ މިދިޔަ ހަފްތާ އަމުރުކޮށްފަ އެވެ.

ގާޒާގައި ހިންގަމުން ގެންދަނީ ގަތުލުއާންމެއް ކަމާއި އެއީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ބުނެ ހުށަހެޅި 84 ސަފުހާގެ އެ މައްސަލައިގައި ވަނީ ގަތުލުއާއްމުތައް ހުއްޓުވުމުގެ ބައިނަލްއަގުވާމީ މުއާހަދާއާ ވެސް އިޒްރޭލުން ހިލާފުވެފައިވާ ކަމަށެވެ. އެހެންވެ ދެކުނު އެފްރިކާއިން ބޭނުންވަނީ ހަނގުރާމަ މެދުކަނޑާލަން އައިސީޖޭއިން އެންގުމެވެ. ނަމަވެސް, ހަނގުރާމަ މެދުކަނޑާލަން އަމުރުކޮށްފައި ނުވެ އެވެ.

އެ އަމުރު ތަންފީޒުކުރުން އިޒްރޭލުގެ މައްޗަށް މަޖުބޫރު ކުރުމަށް ހަމާސްގެ އިސް އޮފިޝަލަކު ވަނީ ގޮވާލައިފަ އެވެ. އަދި މިއީ އިޒްރޭލުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް މުޅި ދުނިޔެއަށް ހާމަވެ އެ ގައުމު އެކަހެރިވެގެންދާނެ ކަމެއްގެ ގޮތުގައި ހަމާސްގެ އިސް އޮފިޝަލް ސިފަކުރި އެވެ.

ހޫލޫ އަކީ އިޒްރޭލަށް ތާއީދުކުރާ ވޯލްޓް ޑިޒްނީ ކުންފުނީގެ ބެލެނިވެރިކަމުގައި ވާ ކުންފުންޏެކެވެ. ޑިޒްނީއިން އަންނަނީ އެކުންފުނިން އިޒްރޭލަށް ކުރާ ތާއީދު ހާމަކޮށް އެގައުމަށް އެކި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ ކުރިން ވެސް މިފަދަ ޕްރޮޕެގެންޑާ އިސްތިހާރުތަކެއް ހޫލޫގެ އިތުރުން، ޔޫޓިއުބް އަދި ކުޑަކުދިން ކުޅޭ ބައެއް ގޭމުތަކުގައި ދެއްކި މައްސަލަތަކެއް ވެސް ފެންމަތިވި އެވެ.