Advertisement

އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނަށް މަރުގެ އިންޒާރު ދީފި

28 ޖަނަވަރީ 2024 - 20:28 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ


އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނަށް މަރުގެ އިންޒާރު ދީފި

28 ޖަނަވަރީ 2024 - 20:28 0

މިރޭ ވޯޓުލާން މަޖިލީހަށް ނުދިއުމަށް އަންގައި، އެމްޑީޕީ މެންބަރުންނަށް މަރުގެ އިންޒާރު ދީފި އެވެ.

މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ ނުދަންނަ ނަންބަރަކުން ގުޅައި އޭނާ އާއި އެމްޑީޕީގެ ބައެއް އެހެން މެންބަރުންނަށް މަރުގެ އިންޒާރު ދީފައިވާ ކަމަށެވެ.

އީސާ ވިދާޅުވީ އެ މައްސަލަ މަޖިލިސް އިދާރާއަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

މެންބަރު އީސާ އާއި އެމްޑީޕީގެ މެންބަރުންނަށް މަރުގެ އިންޒާރު ދީފައި ވަނީ، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި ހޫނުވެފައި ވަނިކޮށެވެ. އެ މައްސަލަ ހޫނުވެ އީސަ އާއި މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމްއާ ދެމެދު މިއަދު މާރާމާރީއެއް ވެސް ހިނގި އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ވޯޓަށް އަހަން ތާވަލުކޮށްފައި އޮތީ މެންދުރު 1:30 އަށެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ ޖަލްސާ ކުރިއަށް ގެންދިޔުމަަށް ހުރަސްއަޅައިފަ އެވެ. އެކަމުގެ ތެރޭގައި ބައެއް މެންބަރުންގެ މެދުގައި މާރާމާރީ ވެސް ހިނގާފައިވެ އެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ވަނީ ނިންމައިފަ އެވެ. އެމްޑީޕީން ނިންމީ ފޮރިން މިނިސްޓަރު ޒަމީރަށް ރުހުން ދިނުމަށެވެ. އޭގެ ބަދަލުގައި އިކޮނޮމިކް މިނިސްޓްރު ސައީދަށް ރުހުން ނުދޭން އެ ޕާޓީން ވަނީ ނިންމާފަ އެވެ.