Advertisement

އަަދާލަތު ޕާޓީގެ ރައީސް އިމްރާން، ފުރަތަމަ ފަހަރަށް މަޖިލީހަށް ވާދަކުރައްވަނީ

28 ޖަނަވަރީ 2024 - 10:28 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ީކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ؛ އިމްރާނާއި އިތުރު ތިން މީހަކަށް އަދާލަތު ޕާޓީގެ ޓިކެޓު ދީފައިވޭ -- ފޮޓޯ: އަދަދު ފައިލް


އަަދާލަތު ޕާޓީގެ ރައީސް އިމްރާން، ފުރަތަމަ ފަހަރަށް މަޖިލީހަށް ވާދަކުރައްވަނީ

28 ޖަނަވަރީ 2024 - 10:28 0

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުރަތަމަ ފަހަރަށް ވާދަކުރެއްވުމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުالله ނިންމަވައިފި އެވެ.

އަދާލަތު ޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ އިމްރާން ހިމެނޭހެން ހަތަރު މީހަކަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ. އިމްރާން ވާދަކުރައްވާނީ މަކުނުދޫ ދާއިރާއަށެވެ.

އަދާލަތު ޕާޓީގެ ތިން ވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 33 ވަނަ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރުމަށް ޓިކެޓު ދޭން ނިންމި އިތުރު މީހުންނަކީ:

  1. ހުސެއިން ސަފީގް ހަސަން - ވައިކަރަދޫ ދާއިރާ
  2. އިސްމާއިލް ހަމީދު - ފުނަދޫ ދާއިރާ
  3. އިސްމާއީލް އަލީ - އިނގުރައިދޫ ދާއިރާ

މިހާތަނަށް އަދާލަތު ޕާޓީގެ ޓިކެޓުގައި މަޖިލިސް އިންތިހާބެއް ކާމިޔާބު ކުރެވުނީ އެންމެ މެންބަރަކަށެވެ. މަޖިލީހުގެ 18 ވަނަ ދައުރުގައި މަކުނުދޫ ދާއިރާގެ މެންބަރުކަން، އަދާލަތު ޕާޓީގެ ޓިކެޓުގައި އަނާރާ ނައީމް ކާމިޔާބުކުރެއްވި އެވެ. އޭގެ ފަހުން 19 ވަނަ ދައުރަށް އަނާރާ ވާދަކުރެއްވި ނަމަވެސް ކާމިޔާބެއް ނުވި އެވެ.