Advertisement

ނެސްކެފޭ ކޮފީ ބީން އާއި އާ ކޮފީ މެޝިނެއް ތައާރަފުކޮށްފި

23 ޖަނަވަރީ 2024 - 11:29 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ނެސްކެފޭ ކޮފީ ބީން އާއި އާ ކޮފީ މެޝިނެއް ތައާރަފުކޮށްފި

23 ޖަނަވަރީ 2024 - 11:29 0

ގަރުނެއް ވާން ގާތްވެފައިވާ ދުނިޔޭގެ އެންމެ މަގުބޫލު އެއް ކޮފީ ބްރޭންޑު، ނެސްކެފޭ އަކީ ޒަމާނުއްސުރެ ދިވެހިންނާ ގުޅިލާމެހިފައިވާ ބްރޭންޑެކެވެ. އެންމެ ގިނަ ދިވެހީން މިހާރު ވެސް ބޭނުންކުރާ ބްރޭންޑެވެ. ނަމަވެސް ރާއްޖޭގެ ބާޒާރުން އެ މަރުކާގެ ކޮފީ ބީނެއް މިހައިތަނަށް ނުލިބެ އެވެ. އާންމު ގޮތެއްގައި ކޮފީ އަށް، ވަކިން ހާއްސަ ގޮތެއްގައި ނެސްކެފޭ އަށް ދެވި ހިފައިވާ މީހުން، ވަޒީފާ އަދާކުރާއިރު، މަސައްކަތުގައި އުޅޭއިރު، ނުވަތަ އެކުވެރިންނާއެކު އަދި އާއިލާއާއެކު ހޭދަކޮށްލާ ވަގުތު ކޮޅަށް ނެސްކެފޭ ބީނުން ފެލައިލާ ކޮފީގެ ތާސީރާއި ރަހަ އިތުރު ފުރިހަމަ ކަމެއް މިހާރު ގެނެސްދޭނެ އެވެ. އެއީ ދިވެހިންނަށް އެ ރަހައިގެ ފެންވަރު އެނގޭތީ އާއި ކޮފީ ބީނުގެ ރަހަ މާ ފުރިހަމަ ވާނެތީ އެވެ.

މިހައިތަނަށް ރާއްޖޭގައި ވިއްކަމުން ދިޔައީ ނެސްކެފޭ ޕައުޑަރު ކޮފީގެ ވައްތަރުތަކެވެ. ނަމަވެސް ނެސްކެފޭ ބްރޭންޑުގެ އަރަބިކާ އާއި ރޮބަސްޓާ ކޮފީ ބީން މިހާރު ވަނީ ރާއްޖެ އަށް ތައާރަފުކޮށްފަ އެވެ.


"ނެސްކެފޭ އާއިލާއަށް މިއީ ވަރަށް ހާއްސަ ތަޖުރިބާއަކަށް ވެގެންދާނެ،" އެ ކޮފީގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރު ނެސްލޭއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެންމެ އިސް ފަރާތް ދިޝާން ވިޖެޔަވަރްދެނާ ވިދާޅުވި އެވެ.

ކޮފީ ބީންއާއެކު އާ ކޮފީ މެޝެނެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. ނެސްކެފޭ ޕްރިމޯ ކޮފީ މެޝެނުން ހަމައެކަނި މުގުރައި ގިރައިލެވެނީ ކޮފީ އޮށެއް ނޫނެވެ. އެ މެޝެނުން 60 އަށް ވުރެ ގިނަ ރަހަ ނެރެ އެވެ. އޭގެ ތެރޭގައި ކޮފީ އާއި ސައިގެ ވައްތަރުތައް ހިމެނެ އެވެ.