Advertisement

ނޭމާގެ ޓްރާންސްފާއާ ގުޅޭ ކޮރަޕްޝަންގެ ތަހުގީގު ކުރިއަށް

19 ޖަނަވަރީ 2024 - 20:07 0


ނޭމާގެ ޓްރާންސްފާއާ ގުޅޭ ކޮރަޕްޝަންގެ ތަހުގީގު ކުރިއަށް

19 ޖަނަވަރީ 2024 - 20:07 0

ޕެރިސް (ޖެނުއަރީ 19) - ބާސެލޯނާ ދޫކޮށް 2017 ވަނަ އަހަރު ނޭމާ، ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވިއިރު، އެ ޓްރާންސްފާ ތެރޭގައި ހިނގާފައިވާ "ސިއްރު" އެއްބަސްވުންތަކެއްގައި ކޮރަޕްޝަންގެ ކަންކަން ހިނގާފައިވާތީ، އޭގެ ތަހުގީގެއް ފްރާންސްގެ އެންޓި ކޮރަޕްޝަނުން އަދިވެސް ބަލަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނޭމާ، 31، ބާސެލޯނާ ދޫކޮށް، 2017 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވީ ދުނިޔޭގެ ރެކޯޑް ޓްރާންސްފާއެއްގަ އެވެ. ނޭމާގެ ސޮއި ހޯދަން އެ ފަހަރު ޕީއެސްޖީން ވަނީ 242 މިލިއަން ޑޮލަރު ދައްކައިފަ އެވެ.

އެ ޓްރާންސްފާގައި ފްރާންސްގެ ޓެކްސް ސިސްޓަމަށް އޮޅުވާލައި، ކަންތައްތަކެއް ކޮށްފައިވާތީ އޭގެ މައްސަަލަތަކެއް ބަލަމުން އަންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. މި ހަފްތާ ތެރޭގައި ފްރާންސްގެ ފިނޭންސް އެންޑް އިކޮނޮމީ މިނިސްޓްރީ އަށް އެ ގައުމުގެ އެންޓި ކޮރަޕްޝަން އޮފިސަރުންތަކެއް ވަދެ، ވަނީ މުހިންމު މައުލޫމާތުތަކެއް ހޯދައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، ޕީއެސްޖީން ނޭމާގެ ޑީލް ނިންމުމުގައި ފްރާންސްގެ ފިނޭންސް މިނިސްޓްރީގެ އޮފިޝަލުންނަށް ވަނީ ރިޝްވަތު ދީފަ އެވެ. އަދި މި ޑީލްގެ ތެރެއިން ނޭމާ އަށް ބްރެޒިލްގައި ވިޔަފާރި ކުރެވޭ ގޮތަށް، ފްރާންސް އިން ދޭން ޖެހޭ މާލީ ލިޔެކިޔުންތަކެއް ވެސް ފްރާންސްގެ ފިނޭންސް މިނިސްޓްރީން ފޯރުކޮށްދީފައިވެ އެވެ. އެންޓި ކޮރަޕްޝަން އޮފީހުން ބަލަމުން އަންނަނީ މި މައްސަލަތަކެވެ.

މި ސީޒަން ފެއްޓުމުގެ ކުރިން ނޭމާ ވަނީ ޕީއެސްޖީ ދޫކޮށް، ސައުދީ އަަރަބިއްޔާގެ އަލް ހިލާލް އަށް ބަދަލުވެފަ އެވެ. ނޭމާ އަށް އަހަރަކު، 100 މިލިއަން ޑޮލަރު ޑީލެއްގައި ބަދަލުވިއިރު، މި ޓްރާންސްފާގެ ފީ އެއްގެ ގޮތުގައި އަލް ހިލާލުން، ޕީއެސްޖީ އަށް 100 މިލިއަން ޑޮލަރު ވަނީ ދީފަ އެވެ.

ޕީއެސްޖީގައި ނޭމާ ހޭދަކުރި ހަ ވަރަކަށް އަހަރު އޭނާ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ކޮންމެ ސީޒަނެއްގައި އަނިޔާގެ ސަބަބުން މުހިންމު މެޗުތަކެއް ގެއްލުމެވެ. މި ވަގުތު ވެސް ކަކުލުގެ ސީރިއަސް އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ނޭމާ ވަނީ ޕީއެސްޖީ އަށް ކުޅެދިން 173 މެޗުން އެ ޓީމަށް 118 ގޯލު ޖަހައިދީފަ އެވެ.