Advertisement

ހެންޑަސަން އަށް ފާރަލަނީ އަޔަކްސް އާއި ޔުވެންޓަސް އިން: ރިޕޯޓް

14 ޖަނަވަރީ 2024 - 17:57 0


ހެންޑަސަން އަށް ފާރަލަނީ އަޔަކްސް އާއި ޔުވެންޓަސް އިން: ރިޕޯޓް

14 ޖަނަވަރީ 2024 - 17:57 0

ޕެރިސް (ޖެނުއަރީ 14) - ސައުދީ އަރަބިއްޔާގެ އަލް-އިއްތިފާގަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު، ޖޯޑަން ހެންޑަސަން އަށް ޔޫރަޕްގެ ގަދަ ދެ ބާރު ކަމަށްވާ ނެދަލެންޑްސްގެ އަޔަކްސް އާއި އިޓަލީގެ ޔުވެންޓަސް އިން ފާރަލަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ލިވަޕޫލްގެ ކުރީގެ ކެޕްޓަން، ހެންޑަސަން، އަށް ސައުދީ ޕްރޯ ލީގުގައި އެންމެ އެކަށޭނެ ކުޅުމެއް ނުދެއްކޭއިރު، އެ ލީގުގައި ކެރިއަރު ކުރިއަށް ގެންދަން ވެސް އޭނާގެ ޝައުގުވެރިކަމެއް ނެތެވެ. އެ ގޮތުން، ހެންޑަސަން މިހާރު ވިސްނައިގެން، ހުރީ މި މަހުގެ ނިޔަލަށް ހުޅުވިފައިވާ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން ކްލަބް ބަދަލުކުރުމަށެވެ.

ކްލަބް ބަދަލުކުރަން ހެންޑަސަން ކުރާ މަސައްކަތުގައި ގޮންޖެހުންތަކެއް ވެސް އެބަހުއްޓެެވެ. އެ ގޮތުން، އެހެން ކްލަބަކުން ހެންޑަސަން އަށް އަލް-އިއްތިފާގުން ދޭ ވަރުގެ މުސާރައެއް ނުލިބުމަކީ އެއް މައްސަލަ އެވެ. އަލް-އިއްތިފާގާށް ހެންޑަސަން ބަދަލުވީ ޓެކްސަކާ ނުލައި، ހަފުތާ އަކު 350،000 ޕައުންޑް މުސާރައިގެ ގޮތުގައި ލިބޭ ތިން އަހަރު ދުވަހުގެ ކޮންޓުރެކްޓެއްގެ ދަށުންނެވެ. އެ މުއްދަތުގެ ކުރިން، އޭނާ ކްލަބް ބަދަލުކުރާނަމަ، ޓްރާންސްފާ ފީއެއް ނަގަން ވެސް އަލް-އިއްތިފާގުން އޮތީ ނިންމައިފަ އެވެ.

އަޔަކްސް އާއި ޔުވެންޓަސް އިން ހެންޑަސަން ގެންނަން ވިސްނަނީ ފުރަތަމަ ހަ މަސް ދުވަހުގެ ލޯނަކަށެވެ. އަދި އެ މުއްދަތު ހަމަވުމުން ދާއިމީ ކޮންޓްރެކްޓަކަށް ދާ ގޮތަށް ހާއްސަ މާއްދާއެއް ހިމެނުމުގެ ބަދަލުގައި، އާ އެގްރީމެންޓެއްގެ މަޝްވަރާކުރުމަށް އެއްބަސްވެގެންނެވެ.

އަލް-އިއްތިފާގުގެ ކޯޗަކީ، ލިވަޕޫލްގެ ކުރީގެ ކެޕްޓަނެއް ކަމަށްވާ ސްޓީވެން ޖެރާޑް އެވެ. ހެންޑަސަންގެ ޓްރާންސްފާއާ ގުޅޭގޮތުން ޖެރާޑް އަދި މީޑިއާގައި ތަފްސީލީ ގޮތަކަށް ވާހަކަ ދައްކާފައިނުވެ އެވެ.