Advertisement

ގައުމީ ލީގާއި ގައުމީ މުބާރާތުގެ ތަަށި: ސިފައިންގެ އުންމީދު ހާސިލް

11 ޖަނަވަރީ 2024 - 16:18 0

އަތޫފް އާތިފް

އަތޫފް އާތިފް

ދިވެހި ސިފައިންގެ ކްލަބްގެ ކޯޗު ޖުނައިދު، މީޑިއާ އަށް އިންޓަވިއު ދެނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ގައުމީ ލީގާއި ގައުމީ މުބާރާތުގެ ތަަށި: ސިފައިންގެ އުންމީދު ހާސިލް

11 ޖަނަވަރީ 2024 - 16:18 0

ވޮލީބޯލް އެސޯސިއޭޝަން ކަޕް ގެއްލުނު ހިސާބުން ދެން ކަނޑައެޅި ކުރިއަށް އޮތް ދެ މުބާރާތް، ގައުމީ ލީގާއި ގައުމީ މުބާރާތް ކާމިޔާބުކުރަން ކަމަށާއި, އެކަން ކާމިޔާބުވެއްޖެ ކަމަށް ދިވެހި ސިފައިންގެ ކުލަބްގެ ކޯޗު ޖުނައިދު އަބްދުالله (މާމަ) ބުނެފި އެވެ.

ވޮލީ ސީޒަންގެ ފަހު މުބާރާތް, ގައުމީ ވޮލީ މުބާރާތުގެ ފައިނަލުގައި އާބަންކޯގެ މައްޗަށް ސިފައިން ކުރި ހޯދީ 3-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-22, 23-25, 26-24 އަދި 25-20 އިންނެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޖުނައިދު ބުނީ ހާލަތުގެ ސަބަބުން އެސޯސިއޭޝަން ކަޕް ސިފައިންނަށް ގެއްލުނީ ކަމަށެވެ. އެކަމަކު، އެސޯޝިއޭޝަން ކަޕް ގެއްލުމާ އެކު, ސިފައިންގެ ކުލަބްގެ އަމާޒަކަށްވީ ކުުރިއަށް ހުރި މުބާރާތްތައް ކާމިޔާބު ކުރުން ކަމަށާއި, އެކަން ހާސިލްވީ ވަރަށް މަސައްކަތް ކޮށްގެން ކަމަށެވެ.

"އެސޯސިއޭޝަން ކަޕް ގެއްލުމާ އެކު އަޅުގަނޑުމެން އަޒުމު ކަނޑައެޅީ ކުރިއަށް އޮތް ދެ މުބާރާތް ކާމިޔާބު ކުރަން. އެކަމަށް ފޯކަސްކޮށްގެން އަޅުގަނޑުމެން މަސައްކަތް ކުރީ" ޖުނައިދު ބުންޏެވެ.

ޖުނައިދު ބުނީ ދިވެހި ސިފައިންގެ ކުލަބަށް މި ދެ މުބާރާތް ކާމިޔާބު ކުރެވުނީ ކުޅުންތެރިން އެކުގައި ކުރި ބުރަ މަސައްކަތުން ކަމަަށެވެ.

ސިފައިންގެ ޓީމު ތެރޭގައި އޮތް "ޓީމް ވޯކް" އަށް ޖުނައިދު ތައުރީފް ކުރި އެވެ.

ސިފައިން އެންމެ ފަހުން ގައުމީ ތަށި ހޯދީ 2019 ވަނަ އަހަރު އެވެ. މިދިޔަ ސީޒަނުގައި ގައުމީ ތަށި އުފުލާލީ، ސްޕޯޓްސް ކްލަބް ސިޓީ އެވެ.

ސިފައިން ގައުމީ މުބާރާތް ކާމިޔާބުކުރިއިރު, މި މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ކުލަބުގެ މުބައްޝަރު ރަޒާ އެވެ. ސިފައިންގެ ޓީމުން 2019 ގައި ގައުމީ މުބާރާތް ކުޅުނުއިރު ވެސް މުބައްޝަރު ވަނީ އެ ޓީމަށް ކުޅެފަ އެވެ.

ގައުމީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ސިފައިންގެ ކުލަބްގެ ހުސެއިން ރަޒާން އެވެ. މިދިޔަ ދޮޅު އަހަރެއްހާ ދުވަހަށް ބަލާއިރު، ރާއްޖޭގެ ވޮލީގައި އެންމެ ރަނގަޅު ކުރިއެރުމެއް ހޯދި ކުޅުންތެރިންގެ ތެރޭގައި ރަޒާން ހިމެނެ އެވެ.

ވޮލީބޯޅަ ސީޒަނުގެ ފިރިހެން މުބާރާތްތަކަށް ބަލާއިރު، އެސޯސިއޭޝަން ކަޕް ކާމިޔާބުކުރީ ސިޓީ ސްޕޯޓްސް ކްލަބް އެވެ. ގައުމީ ލީގާއި ގައުމީ މުބާރާތް ކާމިޔާބުކުރީ، ސިފައިންނެވެ. މި ދެ މުބާރ އެކު، ރާއްޖޭގެ ވޮލީބޯޅައިގެ އެންމެ މަތީ ފަންތީގައި ސިފައިން ވަނީ 19 ތަށި ހަމަކޮށްފަ އެވެ.