ސަސްޕެންޑްކުރި ޑެޕިއުޓީ މިނިސްޓަރުން ވަކިކުރަން ގޮވާލަނީ

ސަސްޕެންޑްކުރި ޑެޕިއުޓީ މިނިސްޓަރުން ވަކިކުރަން ގޮވާލަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވާހަކަ ދައްކަވާފައިވާތީ ސަސްޕެންޑުކުރި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ވަކިކުރުމަށް ގިނަ އަދަދެއްގެ ބަޔަކު ސޯޝަލް މީޑިއާގައި ގޮވާލަން ފަށައިފި އެވެ.

މިކަމާ ގުޅިގެން ސަރުކާރުން ސަސްޕެންޑް ކުރީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު އެވެ. އެކަން ސަރުކާރުގެ އިސް އޮފިޝަލަކު "އަދަދު" އަށް ޔަގީން ކޮށްދެއްވި އެވެ.

މަލްޝާ އާއި ޝިއުނާއަކީ ރައީސް މުއިއްޒުގެ އަރިސް ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުން ކުރިން މަސައްކަތް ކުރެއްވީ، މުއިއްޒު މޭޔަރަކަށް ހުންނެވިއިރު ސިޓީ ކައުންސިލްގަ އެވެ.

އިންޑިއާއަށް މަލާމާތް ކުރި ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑުކޮށްފައި ވާއިރު، އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ ވަގުތުން ވަގުތަށް އެ މީހުން މަގާމުން ވަކިކުރުމަށް ގޮވާލައިފަ އެވެ. ސަރުކާރުގެ އޮފިޝަލުންގެ އަމަލުތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާނެކަން ދަންނަން ޖެހޭނެ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

"ޑިޕްލޮމެޓިކް އަހުލާގާއި ޕްރޮފެޝަނަލިޒަމް ނެތުމާއި، ސަރުކާރުގެ އިސްވެރިންގެ ނާގާބިލުކަމުގެ ސަބަބުން، އަޅުގަނޑުމެންގެ ބައިނަލްއަގުވާމީ ގުޅުންތައް އިޔާދަ ނުކުރެވޭ ވަރަށް ހަލާކުވެގެން ހިނގައްޖެ. އަޅުގަނޑުމެންގެ ރައްޔިތުންގެ މަސްލަހަތަށް ސަރުކާރުން ވިސްނާފައި ނެތުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި މުޅިން ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެމްޑީޕީން ދެކޭ," އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ބައެއް ފަރާތްތަކުން ބުނަމުންދާ ގޮތުގައި ސަސްޕެންޑް ކުރުމަކީ ޑެމޭޖު ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރި ކަމެކެވެ. އަދި, ދެތިން ހަފުތާ ފަހުން އެ މީހުންގެ ވަޒީފާ އިޔާދަކުރާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

"އެކަމުގައި ޝާމިލްވި ސިޔާސީ ބޭފުޅުން މަގާމުން ވަކިކުރައްވާ، އަޅުގަނޑުމެންގެ ރާއްޖެއަކީ މެހެމާންދާރީގައި ތަފާތުނުކުރާނޭ ގައުމެއްކަން ސާބިތު ކޮށްދެއްވާ," ބޯޓިން އެސޯސިއޭޝަންގެ ރައީސް އިސްމާއީލް ހަމީދު ޓްވިޓާގައި ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން ވެސް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މި ތިން ޑެޕިއުޓީ މިނިސްޓަރުންގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

"ކޮބައިތޯ މާފަށް އެދިފައި. އަދި އެ މީހުން މަގާމުން އިސްތިއުފާ ދޭން ޖެހޭ. އެއީ ސަސްޕެންޑް ކުރަން ސްކޫލް ކުދިންނެއް ނޫން," އިތުރު މީހަކު ޓްވިޓާގައި ބުނެފައިވެ އެވެ.

ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް މިކަމާ ގުޅިގެން އަމާޒުވަމުންދާއިރު އެކަން ކުށްވެރިކޮށް ސަރުކާރުން ނެރުނީ ކުރު ބަޔާނެކެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރުގެ އިސް މަގާމުތަކެއްގައި ތިއްބެވި އޮފިޝަލުންތަކެއް ބޭރު ގައުމުތަކެއްގެ ލީޑަރުންނާ ދެކޮޅަށް ދަށު ދަރަޖައިގެ ބަހުރުވައިން މުހާތަބު ކޮށްފައިވާކަން އެނގިފައިވާ ކަމަށެވެ.

"މި ހިޔާލުތަކަކީ އަމިއްލަ ހިޔާލުތަކެއް, އެއީ ދިވެހި ސަރުކާރުގެ ވިސްނުން ރަމްޒުކޮށްދޭ ހިޔާލުތަކެއް ނޫން ކަމަށް," އިނގިރޭސި ބަހުން ސަރުކާރުން ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި، ނަފްރަތާއި، ނެގެޓިވްކަން ނުފެތުރުމާއި، ރާއްޖެ އާއި ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

"އެފަދަ ދަށުދަރަޖައިގެ ވާހަކަތައް ދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ފަސްނުޖެހޭނެ," އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox