Advertisement

ށ. ގޮއިދޫގައި ދަނޑުވެރިކަމުގެ ޕްރޮސެސިން ފެސިލިޓީއެއް އަޅަނީ

6 ޖަނަވަރީ 2024 - 19:42 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ދަނޑުވެރިކަން ކުރަމުން ދަނީ؛ ށ. ގޮއިދޫގައި ދަނޑުވެރިކަމުން ހައްދާ ތަކެތި ޕްރޮސެސްކުރުމަށް ފެސިލިޓީއެއް އެޅުމަށް އިއުލާނުކޮށްފި -- ފޮޓޯ: އަދަދު


ށ. ގޮއިދޫގައި ދަނޑުވެރިކަމުގެ ޕްރޮސެސިން ފެސިލިޓީއެއް އަޅަނީ

6 ޖަނަވަރީ 2024 - 19:42 0

ށ. ގޮއިދޫގައި ދަނޑުވެރިކަމުގެ ޕްރޮސެސިން ފެސިލިޓީއެއް އަޅަން އެ ރަށު ކައުންސިލުން އިއުލާނުކޮށްފި އެވެ.

ކައުންސިލުގެ އަމިއްލަ ތަކެތީގައި ކުރެހުމާ އެއްގޮތަށް ދަނޑުވެރިކަމުގެ ޕްރޮސެެސިން ފެސިލިޓީއެއް އަޅައިދޭނެ ބަޔަކު ހޯދަން ކައުންސިލުން ވަނީ އިއުލާނުކޮށްފަ އެވެ. ޝައުގުވެރިވާ ފަރާތްތަކުން ބީލަމަށް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހު އޮފީސް ބަންދުކުރުމާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

ގޮއިދޫ ކައުންސިލުގެ ނައިބު ރައީސް ހުސެއިން ޒިޔާދު "އަދަދު"އަށް ވިދާޅުވީ މިއީ ދަނޑުވެރިން ހައްދާ ތަކެތި ކޮތަޅު ބަންދުކުރުން ފަދަ ކަންކަން ފަސޭހައިން ކުރެވޭނެ ގޮތަށް ގާއިމްކުރާ ފެސިލިޓީއެއް ކަމަށެވެ.

"މިއީ ސާކްއިން އެއްބައި ފަންޑު ލިބިފަ އިން މަޝްރުއޫއެއް. ސާކްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން މި ޕްރޮޖެކްޓު ކުރިއަށް ދަނީ" ޒިޔާދު ވިދާޅުވި އެވެ.

ގޮއިދޫގައި ގާއިމުކުރާ ޕްރޮސެސިން ފެސިލިޓީއަކީ ސާކް ޑެވޮލޮޕްމަންޓް ފަންޑްއިން ހިންގާ "ލައިވްލުހުޑް އެންހޭންސްމަންޓް އޮފް ދަ ސްމޯލް ސްކޭލް ފާރމާސް އިން ސާކް ރީޖަން ތްރޫ ސްމޯލް ސްކޭލް އެގްރި-ބިޒްނަސް ފޯކަސިން އޮން ވެލިއު ޗެއިން ޑެވެލޮޕްމަންޓް" ޕްރޮޖެކްޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ.

ށ. ގޮއިދޫގެ ކޮންމެ ދެމަފިރިއަކަށް ދަނޑުބިމެއް އޮވެ އެވެ. އެރަށުގައި ގާތްގަނޑަކަށް 200 ދަނޑުބިން އޮވެ އެވެ. އޭގެ ތެރޭގައި 3000 އަކަފޫޓުގެ ކުދި ދަނޑުބިމާއި، ވިޔަފާރިތަކަށް ދޫކޮށްފައި އޮތް 10،000 އަކަފޫޓުގެ ދަނޑުބިން ވެސް ހިމެނެ އެވެ.

ގޮއިދޫގައި ދަނޑުވެރިކަމުން ހައްދާ ތަކެތި ކުޅުދުއްފުށިސިޓީ އާއި މާލެއަށް އަދި އެހެން ބައެއް ރައްރަށަށް ވެސް ފޮނުވަ އެވެ. އެތަކެތި ފޮނުވަނީ އަތޮޅު ފެރީ އަދި ކާގޯ ފެރީ މެދުވެރިކޮށެވެ.