Advertisement

މިޔަންމާގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން 9000 ކުށްވެރިންނަށް މައާފު ދީފި

5 ޖަނަވަރީ 2024 - 05:39 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


މިޔަންމާގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން 9000 ކުށްވެރިންނަށް މައާފު ދީފި

5 ޖަނަވަރީ 2024 - 05:39 0

މިޔަންމާގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެގައުމުގެ ޖަލުތަކުގައި ތިބި 9000 ކުށްވެރިންނަށް މައާފުދީފި އެވެ.

މިޔަންމާއިން މައާފު ދިން މީހުންގެ ތެރޭގައި އެހެން ގައުމުތަކަށް ނިސްބަތްވާ 114 މީހުން ވެސް ހިމެނެ އެވެ.

އެމީހުން މިނިވަން ކުރުމަށް މިޔަންމާގެ ސަރުކާރުން ނިންމާފައި ވަނީ އެކި ދުވަސްތަކަށް ބަހާލައިގެންނެވެ. ނަމަވެސް މައާފު ދިން ކުށްވެރިންގެ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެ އެވެ. ދޫކޮށްލާ މީހުންގެ ތެރޭގައި ސިޔާސީ އެއްވެސް ކުށްވެރިއެއް ހިމެނޭ ކަމެއް ވެސް އަދި ކަށަވަރުވެފައެއް ނުވެ އެވެ.

ކުށްވެރިންގެ ބަޔަކަށް މައާފުދީ މިނިވަން ކުރުމަށް އެގައުމުގެ ސަރުކާރުން ނިންމުމާ ގުޅިގެން ޖަލުތަކުގައި ތިބި ގައިދީންގެ ގާތްތިމާގެ މީހުންނާއި ރައްޓެހިން ވަނީ މިޔަންމާގެ އިންސެއިން ޖަލު ކައިރިއަށް ޖަމާވެފަ އެވެ.

ކުށްވެރިންތަކަކަށް މައާފު ދިނުމަށް މިޔަންމާއިން ނިންމާފައި މިވަނީ އެގައުމުގެ އުތުރުގެ ސަރަހައްދުތަކުގައި ހަތިޔާރު އެޅި ޖަމާއަތްތަކުން މިޔަންމާގެ އަސްކަރީ ޕޯސްޓުތަކާއި ބޯޑަރު ޕޯސްޓުތައް ހިފާފައިވާ ދަނޑިވަޅެއްގަ އެވެ.

2021 ވަނަ އަހަރު ގެނައި ބަގާވާތަކުން ވެރިކަމުގައި އޭރު ހުންނެވި އަންގް ސަން ސޫކީގެ ވެރިކަން ވައްޓައިލުމަށްފަހު މިޔަންމާގައި މިހާރު ވެރިކަން ކުރަމުން ދަނީ އެގައުމުގެ އަސްކަރިއްޔާއިންނެވެ.

އަންގް ސަން ސޫކީއަށް ދަނީ ކޮރަޕްޝަންގެ ކުށް ސާބިތުވެ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.