Advertisement

ރަޝިޔާއިން ޔޫކްރެއިންއާ ދެކޮޅަށް އުތުރު ކޮރެއާގެ މިސައިލްތައް ބޭނުން ކުރާކަމުގެ ތުހުމަތު

5 ޖަނަވަރީ 2024 - 09:14 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ބެލެސްޓިކް މިސައިލްތަކެއް ފޮނުވާލާ މަންޒަރު: ރަޝިއާ އާއި ޔޫކްރެއިނުން އަންނަނީ މިސައިލް ހަމަލާތައް ބަދަލު ކުރަމުން -- ފޮޓޯ: އޭއެފްޕީ


ރަޝިޔާއިން ޔޫކްރެއިންއާ ދެކޮޅަށް އުތުރު ކޮރެއާގެ މިސައިލްތައް ބޭނުން ކުރާކަމުގެ ތުހުމަތު

5 ޖަނަވަރީ 2024 - 09:14 1

ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާ ދިނުމަށް އުތުރު ކޮރެއާއިން އުފައްދާފައިވާ ބެލިސްޓިކް މިސައިލް ބޭނުން ކުރާ ކަމަށް އެމެރިކާއިން ތުހުމަތުކޮށްފި އެވެ.

ވައިޓްހައުސް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވީ އުތުރު ކޮރެއާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދީފައި ވާކަން އެންމެ ފަހުގެ އިންޓެލިޖެންސް މައުލޫމާތުން އެނގިފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދިނުމަށް ބޭނުން ކޮށްފައި ވަނީ އުތުރު ކޮރެއާއިން އުފައްދާފައިވާ މިސައިލެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"މިދިޔަ އަންގާރަ ދުވަހުވެސް ރަޝިޔާއިން ވަނީ ނޯތު ކޮރެއާއިން އުފައްދާފައިވާ މިސައިލްތަކަކުން ޔޫކްރެއިންއަށް ހަމަލާދީފައި،" ކާބީ ވިދާޅުވި އެވެ.

ރަޝިޔާއިން ހަތިޔާރު ގަތުމުގެ މުއާމަލާތުތަކެއް އިރާނާ އެކު ކުރިއަށް ގެންދާ ކަމަށް ތުހުމަތުކޮށް ކާބީ ވަނީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ މުއާމަލާތުތަކުގައި އެއްބަސްވުމަކާއި ހަމައަށް ރަޝިޔާއާއި އިރާންއަށް އަދެވިފައި ނުވި ނަމަވެސް އެ މުއާމަލާތުތައް ކުރެވެމުން ދިއުމަކީ އެމެރިކާ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މި ފަހަކަށް އައިސް އެމެރިކާއިން ދަނީ ޔޫކްރެއިން ހަނގުރާމަ ކުރިއަށް ގެންދިއުމަށް ބޭނުންވާ ހަތިޔާރު ހޯދުމަށް ރަޝިޔާއިން އިރާނާއި އުތުރު ކޮރެއާއަށް ބަރޯސާވެފައި އޮތް ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއްް ކުރަމުންނެވެ. ނަމަވެސް އެ ތުހުމަތުތައް ސާބިތު ކުރެވޭނެ ވަރުގެ ހެއްކެއް އެމެރިކާއަށް ދެއްކިފައެއް ނުވެ އެވެ.

އެމެރިކާގެ އިތުރުން އިނގިރޭސިވިލާތުން ވެސް ވަނީ އުތުރު ކޮރެއާއިން އުފައްދާފައިވާ މިސައިލް ރަޝިޔާއިން ބޭނުން ކުރާ ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.

"ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދޭ ދޮރު ބަންދު ކުރުމަށް އަހަރުމެން އުތުރު ކޮރެއާއަށް ގޮވައިލަން،" އިއްޔެ ނެރުނު ބަޔާނެއްގައި އިނގިރޭސިވިލާތުގެ ހާރިޖީ އޮފީހުގެ ތަރުޖަމާނު ވިދާޅުވެފައި ވެ އެވެ.