Advertisement

ގައުމީ ބިލްޑް އެކްސްޕޯ 2024ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

5 ޖަނަވަރީ 2024 - 10:39 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ގައުމީ ބިލްޑް އެކްސްޕޯ 2024ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

5 ޖަނަވަރީ 2024 - 10:39 0

ނެޝަނަލް ބިލްޑް އެކްސްޕޯ 2024ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.

ނޭޝަނަލް ބިލްޑް އެކްސްޕޯއަކީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އާއި މީޑިއަމް އިވެންޓްސް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ބާއްވާ ހަރަކާތެކެވެ.

މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް އަލިއަޅުވާލާއި އެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ހިއްސާކުރެވޭނެ ފަދަ ޕްލެޓްފޯމެއް ފޯރުކޮށްދިނުމެވެ.

މިއީ ނޭޝަނަލް ބިލްޑް އެކްސްޕޯ ބާއްވާ ތިންވަނަ އަހަރެވެ. މި އަހަރުގެ އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 އިން 14 އަށް، ހުޅުމާލެ ސެންޓްރަލް ޕާކްގަ އެވެ.

މި އަހަރުގެ ބިލްޑް އެކްސްޕޯގައި އިމާރަތްކުރުމުގެ ސިނާއަތުގެ 70 އަށް ވުރެ ގިނަ އެގްޒިބިޓަރުންގެ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލުމަށްވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި އިމާރާތްކުރުމާއި ގުޅުންހުރި ތަފާތު ތަކެއްޗާއި ބޮޑެތި މެޝިނަރީ ހިމެނެ އެވެ.

މި އެކްސްޕޯ މެދުވެރިކޮށް ރާއްޖޭގެ އިމާރާތްކުރުމާއި އުމްރާނީ ތަރައްގީއާ ގުޅޭ ގޮތުން މި ސިނާއަތުގެ މުހިންމު ފަރާތްތަކާއި ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށް، ނެޓްވޯކްކޮށް، ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެ އެވެ.

ދިރާގަކީ ރާއްޖޭގެ އެކި ދާއިރާތަށް އިތުރަށް ތަރައްގީކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލު މުއްސަނދިކުރުމަށް އެހީތެރިވެދޭ ކުންފުންޏެކެވެ. އެގޮތުން މިފަދަ ހަރަކާތްތަކަށާއި އިނީޝިއޭޓިވްތަކަށް އަބަދުވެސް އެ ކުންފުނިން އެއްބާރުލުންދެ އެވެ.