މާލޭގައި ނުހެދިހުރި ގޯތިތައް ހެދުމަށް ބޭނުންވާ ފައިސާ ކުޑަ އިންޓަރެސްޓް ރޭޓެއްގައި ލިބޭނެ ގޮތް ހަމަޖެއްސުމަށް، މާލޭ ސިޓީ ކައުންސިލް ހިއްސާވާ ފަންޑެއް އުފެއްދުމަށް، ދަ ޑިމޮކްރެޓްސްގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދާ ކުރައްވާ މުހައްމަދު ސައިފް ފާތިހުގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.
މިއަދު އާންމު ކުރި ސައިފްގެ މެނިފެސްޓޯގައި ބުނެފައިވާ ގޮތުގައި ކައުންސިލް ހިއްސާވާ ގޮޮތަށް އުފައްދާ ފަންޑުން މާލޭގައި ގެދޮރު ނުހެދި ހުރި ފަރާތްތަކަށް ހަ ޕްސެންޓަށް ވުރެ ދަށް އިންޓަރެސްޓް ރޭޓެއްގައި ލޯނު ދޫކުރެވޭނެ އެވެ. މިކަން ހިމަނާފައިވަނީ 18-30 މަސް ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގަ އެވެ.
މާލެ ސަރަހައްދުގައި ކުލީގެ ގޮތުގައި ހަރަދުކުރާ މިންވަރު، އާއިލާއަކަށް ލިބޭ އަމްދަނީގެ 33 ޕަސެންޓަށްވުރެ ބޮޑުވިޔަ ނުދިނުމަށް ހައުސިން ސަބްސިޑީ ނިޔާމެއް ގާއިމު ކުރުމަށް ވެސް، މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާ ތަމްސީލު ކުރައްވާ ސައިފްގެ މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.
ސައިފްގެ މެނިފެސްޓޯގައި ހިމެނޭ ބައިތައް
- ބޯހިޔާވަހިކަމާއި މަސްތުވާތަކެތި
- މަގުތައް
- އާންމު ވެއްޓާއި ވަސީލަތްތައް
- ޕްރިގްރާމްތަކާއި ޕްރޮޖެކްޓްތައް
- ހިންގުމާއި ހިދުމަތްތައް
- ލޭންޑް ޔޫސް ޕްލޭން (ވިލިމާލެ، ހުޅުމާލެ)
ސައިފްގެ މެނިފެސްޓޯގައި ހިމަނާފައިވާ ބައެއް ކަންތައްތައް
- ބަދަލުގައި އެހެން ގޯއްޗެއް ލިބޭ ގޮތަށް، މާލޭގެ އެންމެ ތޮއްޖެހިފައިވާ ސަރަހައްދު ތަކުން ސިޓީ ކައުންސިލަށް ގޯތި ދެވޭނެ އުސޫލެއް ހަމަޖައްސައި އެގޮތުން ހުސްކުރެވޭ ބިންތައް އާންމު ބޭނުމަށް ބޭނުން ކުރެވޭނެ ގޮތް ހެދުން
- މާލެ ސަހަރައްދުގައި ގާއިމު ކުރެވޭ ކޮންމެ ޕަބްލިކު ހައުސިން ސްކީމްގެ ތެރެއިން 10، ކައުންސިލް ހައުސިން އަށް އެކަށައެޅުން
- މާލޭގެ ދެ ސަރަހައްދެއްގައި ރީހެބް ގައިމު ކުރުން
- މާލޭގެ މަގުތައް ގިންތިކޮށް، މަގުތަކުގެ ވެހިކަލް ކެރީން ކެޕެސިޓީ ކަނޑައެޅުން
- މާލޭގެ 10 ސަރަހައްދެއްގައި ޕާކިން އިމާރާތް ހެދުން
- ބިދޭސީން މިނޮޓާކުރުމުގައި ކައުންސިލްގެ ދައުރު ފުޅާކުރުން
- ޑީ ވޯޓަރިން ބެނުމަށް، މާލޭގައި ދާއިމީ ނެޓްވޯކެއް ގާއިމު ކުރުން
- ރޭގަނޑު 8:00 ގެ ފަހުން ކޮންސްޓްރަކްޝަން މަސައްކަތް ކުރުން މަނާކުރުން
- މާލޭ އިންޖީނުގެ ސިނާއީ ސަރަހައްދަށް ބަދަލުކުރުން
- އީ-ބައިކް ތައާރަފު ކުރުން
- މާލޭގައި ކުރާ އިންޑަސްޓްރިއަލް މަސައްކަތްތައް، އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކުރުން
- ސޯލާ ޕެނަލް ފައިނޭންސިން ޕްރޮޖެކްޓެއް އަމިއްލަ ގެދޮރުގައި ހިންގުން
- މާލޭގެ ފަޔާ ރިސްކް އެސެސްމަންޓެއް ހެދުން
- ސަރުކާރު ކުންފުނިތަކަށް ދޫކޮށްފައިވާ މާލެގެ ބިންތައް އަނބުރާ ހޯދުން
- ކޮންމެ އަވަށެއްގައި ހިލޭ ގްރުއާން ކުލާސް ހިންގުން
- އަވަށްު އޮފީސްތައް ހެދުން
- ފައިންޖަރުން މާލެ އަށް ފައިބަން އޮންނަ ތޮށިމަތި ހިޔާކުރުން
- ވެސްޓް ޕާކުން ފެށިގެން ނަސަންދުރަ އާ ހަމައަށް މަގު ފުޅާކޮށް، މާލެ އަށް އަރާ ފޭބުން ފަސާހަ ކުރުން
- ގަލޮޅު ބޯޅަދަނޑު އަލުން ތައްގީކުރުން
- އެކުވެނި އައުޓްޑޯ ސަރަހައްދު ތަރައްގީ ކުރުން
- ވިލިމާލެ ފެހި ކުރުމާއި ފުނަވާ ހިމާޔަތްކުރުން
- ހުޅުމާލޭގެ މަގުތައް އާމްތަނަކަށް ހެދުމާއި، ހުޅުމާލޭގެ ކަންކަން ފެސޭހަ ކުރުން
މި މަހުގެ 13 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރާ ސައިފްގެ މެނިފެސްޓޯގައި މާލޭގެ ސާފުތާހިރުކޮށް ބޭއްވުމާއި ފެހި ކުރުމާއި އަދި ސިޓީ ކައުންސިލުން ދޭ ހިދުމަތްތައް ފުޅާކޮށް ފަސޭހަ ކޮށްދިނުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވެ އެވެ.
Comment