Advertisement

ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް އިތުރުވި އުޅަނދުތައް މެނޭޖު ކުރެވޭނެ އާ ސިސްޓަމެއް ގާއިމުކުރާނަން: ސައިފް

1 ޖަނަވަރީ 2024 - 22:30 0


ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް އިތުރުވި އުޅަނދުތައް މެނޭޖު ކުރެވޭނެ އާ ސިސްޓަމެއް ގާއިމުކުރާނަން: ސައިފް

1 ޖަނަވަރީ 2024 - 22:30 0

އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލެ ސިޓީ މޭޔާރުގެ ބައި އިލެކްޝަނުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި މާލޭ މޭޔަރުކަމަށް ވާދަކުރައްވާ މުހައްމަދު ސައިފް ފާތިހު ޓްރެފިކް ތޮއްޖެހުން ހައްލު ކުރުމަށް މާލޭގަ އިތުރުވިހާ އުޅަނދުތައް މެނޭޖު ކުރެވޭނެ އާ ގޮތްތައް ހޯދާ މާލެ ރީ އޯގަނައިޒް ކުރާނެ ކަމަށް ސަންގު ޓީވީން ބޭއްވި ބަހުސްގައި ވާހަކަ ދައްކަވަމުން ވިދާޅުވެއްޖެ އެވެ.

މިހާރު ވެސް މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާ ތަމްސީލު ކުރައްވާ ސައިފް ވަނީ ސަންގު ޓީވީން ގެނެސްދިން ބަހުސްގައި މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް އޭނާ ހުށަހަޅާ ކަންކަން ވަރަށް ތަފްސީލުކޮށް ކިޔާދެއްވާފަ އެވެ.

ސައިފް ވިދާޅުވި ގޮތުގައި 2022 ވަނަ އަހަރުގެ ބޯހިމެނުމަށް ބަލާއިރު މާލޭގައި 212138 (ދެލައްކަ ބާރަހާސް އެއްސަތޭކަ ތިރީސް އަށް) މީހުން ދިރިއުޅުމުންދާކަމަށެވެ. މިއީ ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީގެ ނިސްބަތުގެ %41 މީހުންގެ އަދަދެވެ. 2000 ވަނަ އަހަރުގެ ސްޓެޓިސްޓިކަށް ބަލާއިރު މާލޭގައި ދިރިއުޅުނީ ރާއްޖޭގެ ދިރިއުޅޭ މީހުންގެ އާބާދީގެ %21 މީހުންކަން ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން 3800 ސައިކަލާއި 870 ވޭނާއި 550 ލޮރީ ޕިކަޕު އަދި 400 ޖީޕް މާލެ ތެރޭގައި ގެންގުޅޭކަން ސައިފް ފާހަގަ ކުރެއްވި އެވެ. ސައިފް ވިދާޅުވީ މިއަދުވެސް ޓްރެފިކް މެނޭޖްކުރުމުން އެދަނީ އަދިވެސް ހަމަ 2000 ވަނަ އަހަރުގައި ކުރި ގޮތަށް ކަމަށެވެ. މާލޭގައި މީހުން ދިރިއުޅޭ ރޭޓަށް މިހާ ބޮޑު ބަދަލެއް އައިސްފާވާއިރު މި ސިޓީގެ އިންތިޒާމްތުތައް ހުރީ ހަމަ އެދުވަހު ވެސް ހުރިގޮތަށް ކަމަށް ސައިފު ވިދާޅުވި އެވެ.

ސައިފް ހުށަހެޅި ކަންކަމުގެ ތެރޭގައި ވެހިކަލް ކެރީން ކެޕޭސިޓީއެއް ކަނޑައަޅާ މާލެއަށް އެތެރެކުރެވޭ އުޅަނދު ފަހަރުގެ އަދަދު މަދުކުރުން ހިމެނެ އެވެ. މިހާތަނަށް އައިރުވެސް ވެހިކަލް ކެރީއިންގ ކެޕޭސިޓީއެއް ކަނޑައަޅާފައިނުވާ ކަމަށާއި، އެކަންނުކޮށް އޮންނަނީ ސިޔާސީ ކޯޅުމާއި، ވިޔަފާރިވެރިންގެ މަސްލަހަތު އިސްކުރުމުގެ ސަބަބުންކަން ސައިފް ފާހަގަކުރި އެވެ.

އެހެންކަމުން ވެހިކަލް ކެރީން ކެޕޭސިޓީއެއް ކަނޑައަޅެމަށް ޓެރެފިކް ފްލޯ އެސިސްމަންޓެއް ހަދާ، ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ހަރުދަނާކުރާނެ ގޮތުގެ ހުށަހެޅުންތަކެއް ވެސް ހުށަހެޅުއްވި އެވެ. އެގޮތުން, ޕަބްލިކް ޓްރާންސްޕޯޓުގައި ދަތުރުކޮށް އުޅޭ މީހުންގެ އަދާއި ދަތުރު ކުރާގޮތްތައް ދެނެގަނެ، ޕަބްލިކް ބަސް ރޫޓްތަކަށް ވެސް ބަދަލު ގެންނާނެކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން މާލެ ތެރޭގައި ދުއްވާ ބަސްތަކަކީ ސައިޒުން ކުޑަ ތިމާވެއްޓާ ރައްޓެހި ބަސްތަކަށް ހަދާނެކަމަށް ވެސް ސައިފް ވައުދުވެ ވަޑައިގެންނެވި އެވެ.

މާލޭގައި ސްކޫލް ކުދިން އުފުލުމަށް ބަހުގެ ހިދުމަތް ނޯންނަކަން ފާހަގަކުރައްވާ ސައިފު ވިދާޅުވީ، އޭނާގެ މޭޔަރުކަމުގައި އިރާދަކުރެއްވިއްޔާ ސްކޫލަށް ކުދިން ގެނެސް ގޮސްވާ ގަޑިތަކުގައި މާލޭގައި ދުއްވާ ޕަބްލިކް ބަސްތައް ސްކޫލް ބަހުގެ ހިދުމަތް ދިނުމަށް ޑައިވާޓް ކުރައްވާނެ ކަމަށެވެ. އެއީ ސްކޫލް ބަސް ކިޔާފަ އިތުރު ބަސްތަކެއް ނެރުނީމާ މާލޭގެ ތޮއްޖެހުން އިތުރުވާނެކަމަށް ފެންނާތީ ސްކޫލްގެ ޕީކް ގަޑިތަކުގައި ސްކޫލް ރޫޓްތަކަށް ބަހުގެ ހިދުމަތް ރީރޫޓް ކުރައްވާނީ ކަމަށެވެ.

ޕަބްލިކް ޓްރާންސްޕޯޓް ޤާއިމްވެފަ އޮތް ގޮތަށް ބަލާއިރު އެ ނިޒާމު ގާއިމްކޮށްފައިވަނީ ޕަބްލިކް ކޮންސަލްޓޭޝަނެއް ނެތިކަމަށާއި ރައްޔިތުންގެ ވޯޓުން ހޮވިފައިތިބި އިންތިހާބީ ސިޓީ ކައުންސިލާ ވެސް މަޝްވަރާކުރުމެއްނެތި ކަމުން، އެ ނިޒާމު ގާއިމުވެފައިވާނީ އާންމުންނަށް އިތުރު ތަކުލީފުތަކެއް ލިބޭގޮތަށް އާންމުންގެ މެދުގައި ނަފުރަތު އުފެދޭގޮތަށްކަމަށް ވެސް ސައިފް ވިދާޅުވި އެވެ.