Advertisement

އެއްް ލައްކަ ރުފިޔާގެ ބޮޑު އިނާމަކާއެކު ރާއްޖޭގެ އެންމެ ބޮޑު ރޯދަސޭލް ރެޑްވޭވްއިން ފަށައިފި

2 ޖަނަވަރީ 2024 - 11:29 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


އެއްް ލައްކަ ރުފިޔާގެ ބޮޑު އިނާމަކާއެކު ރާއްޖޭގެ އެންމެ ބޮޑު ރޯދަސޭލް ރެޑްވޭވްއިން ފަށައިފި

2 ޖަނަވަރީ 2024 - 11:29 0

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސުޕަމާކެޓް ވިޔަފާރި ހިންގަމުން އަންނަ ރެޑްވޭވުން މިއަހަރުގެ ރޯދަ ސޭލް ފަށައިފި އެވެ.

އާ އަހަރާއެކު މި ސޭލް ފެށީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރެޑްވޭވްގެ ކަސްޓަމަރުންނަށް ވެސް، ސްކޫލު ޗުއްޓީގެ ދުވަސްވަރު، ރޯދައަށް ބޭނުންވާ މުދާ ހޯދުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް އެކުންފުނިން ބުންޏެެވެ.

ރެޑްވޭވް އިން ބުނިގޮތުގައި މި އަހަރުގެ ރޯދަ ޕްރޮމޯޝަންގައި ރޯދައަށް ހާއްސަ މުޅިންއާ އައިޓަމްތަކެއް ތައާރަފްކޮށް، ވަރަށް ހާއްސަ އަގުތަކެއްގައި ކަސްޓަމަރުންނަށް އެ އައިޓަމްތައް ލިބެން ހުންނާނެ އެވެ. އަދި މި ޕްރޮމޯޝަންގައި ރެޑްވޭވް ފިހާރަތަކުން ވިއްކާ އެކި އެކި އައިޓަމްތަކުން 5-50 ޕަސެންޓާ ހަމައަށް ބޮޑެތި ޑިސްކައުންޓްތައް ލިބޭނެ ކަމަށް ވެސް ބުންޏެވެ.

ރެޑްވޭވްގެ މި އަހަރުގެ ރޯދަ ޕްރޮމޯޝަން ކުރިއަށްދާނީ އޭޕްރީލް 15، 2024 ގެ ނިޔަލަށެވެ. މި މުއްދަތުގައި ރެޑްވޭވްއިން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގައި އެންމެ ހާއްސަ ކަމަކީ ނަގުދު ފައިސާއިން ބޮޑެތި އިނާމުތަކެއް ލިބުމެވެ. އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭއިރު، ނަސީބުވެރި އިތުރު 10 ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެ އެވެ. އަދި މީގެ އިތުރުން ވެސް ގުރުއަތުން ހޮވާލެވޭ ފަސް ފަރާތަކަށް ރެޑްވޭވްއިން ވިއްކާ ބްރޭންޑްތަކުން އަގުހުރި އެތައް އިނާމުތަކެއް ލިބޭނެ އެވެ.

އެ ޕްރޮމޮޝަނުގެ ދަށުން ސޯޝަލް މީޑިއާގައި ވެސް ވަރަށް ހާއްސަ ޕްރޮމޯޝަންތަކެއް ހިންގަމުންދާނެ ކަމަށް ރެޑްވޭވް އިން ބުނެ އެވެ. އަދި ރޯދައަށް ބޭނުންވާ ކާބޯތަކެތީގެ އިތުރުން ފަރުނީޗަރާ ބަދިގެއަށް ބޭނުންވާ ސާމާނާއި ހިފާގެންގުޅޭ ސާމާނު ނަން ހުސްކޮށް މިފަހަރުގެ ޕްރޮމޯޝަންގައި ލިބެންހުންނާނެ ކަމަށާއި ޕްރޮމޯޝަންގެ ތެރެއިން އިތުރު އައިޓަމްސްތަކުން ޑިސްކައުންޓާއި އޮފާތައް އެޅުވިގެންދާނެ ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގެ ބާޒާރުގައި އެންމެ ކޮލިޓީ ރަނގަޅު، އަގުހެޔޮ މުދާ ވިއްކަމުންދާ ރެޑްވޭވްއިން ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ކުރިއަށް ގެންދާ މި ރޯދަ ސޭލަކީ ކަސްޓަމަރުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިފައިވާ ޕްރޮމޯޝަނެކެވެ.