Advertisement

އިނގުރައިދޫ އިސް މެޖިސްޓްރޭޓުގެ ސައިކަލުގައި ހުޅުޖަހައިފި

30 ޑިސެންބަރު 2023 - 09:35 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރ. އިނގުރައިދޫ


އިނގުރައިދޫ އިސް މެޖިސްޓްރޭޓުގެ ސައިކަލުގައި ހުޅުޖަހައިފި

30 ޑިސެންބަރު 2023 - 09:35 0

ރ. އިނގުރައިދޫ އިސް މެޖިސްޓްރޭޓު މުހައްމަދު ރަޝާދުގެ ސައިކަލުގައި ބަޔަކު ހުޅުޖަހައިފި އެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އިސް މެޖިސްޓްރޭޓު ރަޝާދުގެގެ ސައިކަލުގައި ރޯކޮށްލައި ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައިވާ ކަމަށެވެ. އެކަން ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 2:30 ހާއިރު ކަމަށްވެ އެވެ.

"މި އަމަލު ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާއިން ވަރަށް ބޮޑަށް ކުށްވެރި ކުރަން. އަދި ކަމާބެހޭ އިދާރާތަކުން ވީ އެންމެ އަވަހަކަށް މައްސަލަ ބަލައި ތަހުގީގުކޮށް، މިކަމުގައި ބައިވެރިވެފައިވާ ފަރާތްތައް ހޯދައި، ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ގޮވާލަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއިން ބުނީ ފަނޑިޔާރުންނަކީ އެމީހުން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން ނުރައްކަލަކަށް ހުށަހެޅިދާނެ ބައެއްކަމުން، ސަލާމަތީ ރައްކާތެކަން ފޯރުކޮށްދިނުމަށް ގާނޫނުގައި ލާޒިމުކުރާ ކަމަށެވެ.

ރަޝާދުގެ ސައިކަލުގައި ރޯކޮށްލި ބަޔަކު ހޯދުމަށާއި، އޭނާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަދި އެކަމާ ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް އެ ޖަމިއްޔާއިން ގޮވާލި އެވެ.

މީގެ ކުރިން ވެސް ބައެއް ފަނޑިޔާރުންނާއި، ދައުލަތުގެ އެހެން މުއައްސަސާތަކުގައި މަސައްކަތް ކުރާ އެކި މީހުންގެ އަމިއްލަ ތަކެއްޗަށް މީހުން ގެއްލުން ދީފައި އެބަހުއްޓެވެ.