Advertisement

އެޕަލް ވޮޗްތައް އިމްޕޯޓް ކުރުމާއި ވިއްކުން މަނާކޮށް އެންގި އެންގުން މަޑުޖައްސާލައިފި

28 ޑިސެންބަރު 2023 - 15:26 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

އެޕަލް އިން ބުނެފައިވަނީ އެޕަލްގެ ބައެއް ފިހާރަތަކުން މިހާރު މި ގަޑިތައް ގަނެވޭނެ ކަމަށެވެ. އަދި މާދަމާއިން އޮންލައިން ސްޓޯ ވެސް ގަޑިތައް ގަނެވޭނެކަމަށް އެކުންފުނިން ބުނެ އެވެ.


އެޕަލް ވޮޗްތައް އިމްޕޯޓް ކުރުމާއި ވިއްކުން މަނާކޮށް އެންގި އެންގުން މަޑުޖައްސާލައިފި

28 ޑިސެންބަރު 2023 - 15:26 0

އެންމެ ފަހުގެ ދެ އެޕަލް ވޮޗް އެމެރިކާއަށް އިމްޕޯޓްކޮށް ވިއްކުން މަނާކުރިތާ ދުވަހެއް ފަހުން، އެ ނިންމުން މަޑުޖައްސާލުމަށް އެ ގައުމުގެ ކޯޓް އޮފް އެޕީލްސް އިން ނިންމައިފި އެވެ.

މިގޮތަށް ނިންމާފައިވަނީ އެމެރިކާގެ ކޯޓް އޮފް އެޕީލްސް ފޮ ދަ ފެޑެރަލް ސާކިޓްއަށް އެޕަލްއިން ހުށަހެޅި އިމަޖަންސީ އެޕީލެއްގެ ސަބަބުންނެވެ. އެޕަލް އިން އެދިފައިވަނީ ފަހުން ޑިޒައިންކޮށްފައިވާ ގަޑިތަކާ މެދު އެގައުމުގެ ކަސްޓަމްސް އިން ގޮތެއް ނިންމަންދެން ބޭން މަޑުޖައްސާލަދިނުމަށެވެ.

އެ ކޯޓުން އިތުރު ގޮތެއް ނިންމަންދެން މި ނިންމުން ދެމިއޮންނާނެ އެވެ. ނަމަވެސް, ބޭން ކުރުމުން ނެގި އެޕަލް ވޮޗް ސީރީޒް 9 އަދި އެޕަލް ވޮޗް އަލްޓްރާ 2 އެޕަލްގެ ވެބްސައިޓުން ގަނެވޭނެ ގޮތެއް އަދި އެ ކުންފުނިން ނުހަދަ އެވެ.

އެޕަލް އިން ބުނެފައިވަނީ އެޕަލްގެ ބައެއް ފިހާރަތަކުން މިހާރު މި ގަޑިތައް ގަނެވޭނެ ކަމަށެވެ. އަދި މާދަމާއިން ފެށިގެން އޮންލައިން ސްޓޯތަކުން ވެސް ގަޑިތައް ގަނެވޭނެކަމަށް އެކުންފުނިން ބުނެ އެވެ.

އެމެރިކާގެ އިންޓަނޭޝަނަލް ޓްރޭޑް ކޮމިޝަން (އައިޓީސީ) އިން މި އުފެއްދުންތައް ވިއްކުން މަނާކޮށް އެޕަލްއަށް އަންގާފައިވަނީ މި އަހަރުގެ އޮކްޓޯބަރުގަ އެވެ. އެއީ ސިއްހަތާ ގުޅޭ ޓެކްނޮލޮޖީ އުފައްދާ ކުންފުންޏެއްކަމަށްވާ މަސީމޯ އިން އެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

މަސީމޯ އިން ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ އެޕަލް ވޮޗްގެ ބްލަޑް-އޮކްސިޖަން ލެވެލް ބެލުމަށް ބޭނުންކުރާ ފީޗާ، މަސީމޯގެ ޕަލްސް އޮކްސިމެޓަރީ ޕެޓަންޓަށް އަރައިގަންނަ ކަމަށެވެ. މައްސަލަ ބެލުމަށް ފަހު އައިޓީސީ އިން ވަނީ މަސީމޯއަށް ތާއީދުކޮށް، އެ ނިންމުން ދަމަހައްޓައިފަ އެވެ.