28 ޑިސެންބަރު 2023 - 08:28 1
ރައްޔާން މުހައްމަދު
28 ޑިސެންބަރު 2023 - 08:28 1
އިންޓެލް އިން އިޒްރޭލުގައި ގާއިމުކުރާ 25 ބިލިއަން ޑޮލަރުގެ ޗިޕް ޕްލާންޓަކަށް، އެ ގައުމުގެ ސަރުކާރުން 3.2 ބިލިއަން ޑޮލަރު އެހީއެއްގެ ގޮތުގައި ދީފި އެވެ.
ދެކުނު އިޒްރޭލުގައި އިންޓެލް އިން ގާއިމުކުރާ މި ޕްލާންޓަކީ މިހާތަނަށް ކުންފުންޏަކުން އިޒްރޭލަށް ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. އިންޓެލްގެ މުވައްޒަފުންގެ 10 އިންސައްތަކީ އިޒްރޭލު މީހުންނެވެ.
މިއީ މިހާރުވެސް ގާޒާ އާ 42 ކިލޯމީޓަރު ދުރުގައި ހުންނަ އިންޓެލްގެ ޗިޕް ޕްލާންޓް އިތުރަށް ފުޅާކުރުމަށް އެ ކުންފުނިން ހިންގާ މަޝްރޫއެކެވެ. މި ޕްލާންޓަކީ އެކުންފުނީގެ ގްލޯބަލް ސަޕްލައި ޗެއިން އިތުރަށް ވަރުގަދަކޮށްދޭނެ ތަނެއް ކަމަށް އިންޓެލްއިން ބުނެ އެވެ.
އިންޓެލްއިން ވަނީ އެ ކުންފުނިން އިޒްރޭލުގެ ސަރުކާރަށް ކުރާ ތާއީދު ވެސް ވަރަށް ބޮޑަށް ހާމަކޮށްފަ އެވެ. އެގޮތުން މިފަދަ ޓެކްނޮލޮޖީތަކުގެ ބައިނަލްއަގްވާމީ ސެންޓަރުގެ ގޮތުގައި އިޒްރޭލު ދަމަހައްޓަން ބޭނުންވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެމެރިކާ ސަރުކާރެކޭ އެއްފަދައިން އެގައުމުގެ ކުންފުނިތަކަކީ ވެސް އިޒްރޭލާ ވަރަށް ގާތް ގުޅުންތަކެއް ބާއްވާ ކުންފުނިތަކެކެވެ. ހާއްސަ ގޮތެއްގައި ޓެކްނޮލޮޖީގެ ދާއިރާގެ ގިނަ ކުންފުނިތަކެއް އިސްވެރިންނަކީ ޔަހޫދީންނެވެ.
ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ގަތުލްއާންމުގައި މިފަދަ ބޮޑެތި ކުންފުނިތައް އަންނަނީ އިޒްރޭލަށް ކުރާ ތާއީދު ހާމަކޮށް، އެގައުމަށް އެހީތެރިވަމުންނެވެ. މިކަމުގެ ސަބަބުން މި ކުންފުނިތައް އުފެއްދުންތައް ބޭނުންނުކުރުމަށް ގިނަބަޔަކު އަންނަނީ އެދެމުންނެވެ.
Comment