25 ޑިސެންބަރު 2023 - 17:49 1
އާމިނަތު ނިއުޝާ
އިސްލާމީ މަރުކަޒުގައި ބަޔަކު ނަމާދަށް؛ މާދަމާ ފަތިސް ނަމާދު ޖަމާއަތުގައި ބައިވެރިވުމަށް ސަރުކާރު މުވައްޒަފުންނަށް ވަނީ އަންގާފައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
25 ޑިސެންބަރު 2023 - 17:49 1
މާދަމާ ފާހަގަކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ހަރަކާތްތައް ފެށުމަށް ފަތިސް ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ޖަމާއަތުގައި ބައިވެރިވާން އަންގައިފި އެވެ.
އެއްބައިވަންތަކަމުގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 26، ވަނަ ދުވަހެވެ. އެ ދުވަސް ފާހަގަ ކުރަނީ ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާ އާ ގުޅިގެން އެދުވަހު ދިވެހިން ދެއްކި އެއްބައިވަންތަކަން ފާހަގަ ކުރުމުގެ ގޮތުންނެވެ.
ސަރުކާރު އޮފީސްތަކަށް ފޮނުވި އެންގުމެއްގައި ބުނެފައި ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި އޮފީސްތަކުގައި މަސައްކަތަ ކުރާ މުވައްޒަފުން ބޮޑު ޖަމާއަތުގައި ބައިވެރިވުމަށް އެދޭ ކަމަށެވެ.
ފަތިސް ނަމާދުގެ ބޮޑު ޖަމާއަތް އޮންނާނީ:
އޭގެ އިތުރުން ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލިފައިވާ މީހުން އަދި ގެއްލުންވި މީހުންގެ ހަނދާނުގައި، ފުރަތަމަ ސުނާމީގެ ރާޅު އެރި ވަގުތު ކަމަށްވާ 9:23 ގައި ސުކޫތެއް ގެނައުމަށް ނިންމާފައިވެ އެވެ.
އެ ހަރަކާތުގައި ބައިވެރިވުމަށް 9:00 ގައި ސަރުކާރުގެ މުވައްޒަފުން މަސައްކަތް ކުރާ އޮފީހުގެ ބޭރަށް ނެރެން ވަނީ ނިންމާފަ އެވެ. ސުކޫތުގެ ކައުންޓު ޑައުން ޓީވީ، ރޭޑިއޯ އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ޓީވީތަކުން ދެއްކުމަށް ހަމަޖެހިފައިވެ އެވެ.
މާދަމާގެ ހަރަކާތްތަކުގެ ފޮޓޯ އަދި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމަށް އެދިފައިވެ އެވެ.
66.67%
33.33%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޖަސްޓިސް ވޮރިއަރ
about 1 year ago
ފަތިސް ނަމާދައްދާން އެނގީމަ ކަމު ނުގޮސްގެން ލިޔެފަ އޮތް ލިޔުމަކާ ހާދަ ވައްތަރޭ. ކިޔަން ތިޔަ އުޅޭ ލަވަ ކުޑަކޮށް ކުލަވޭ. ހަރުކަށި، ހައްދުފަހަނަ ލައިގެން ކިޔާ ލަވައަކަ ވައްތަރީ.
Comment