Advertisement

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު މަގާމުން ވަކިކޮށްފި

ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު: އޭނާ މިއަދު ވަނީ މަގާމުން ވަކިކޮށްފައި ---


ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު މަގާމުން ވަކިކޮށްފި

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުލްމަޖީދު އެ މަގާމުން ވަކިކޮށްފި އެވެ.

އިތުބާރުހުރި މަސްދަރަކުން މި ނޫހަށް ކަށަވަރުކޮށްދިން ގޮތުގައި މަޖީދު މަގާމުން ވަކިކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމެވީ މިއަދު އެވެ.

އެގޮތަށް ނިންމެވި ސަބަބެއް އަދި އޭނާ އެހެން މިނިސްޓްރީ އަކަށް ބަދަލު ކުރަނީ ކަމެއް ކަށަވަރު ވާގޮތް ވަނީ ނުވެފަ އެވެ.

މަގާމުން ވަކިކުރިއިރު މަޖީދު ހުންނެވީ ހޯމް މިނިސްޓްރީގެ ދަށުގައި އޮންނަ ބިދޭސީންގެ ކަންކަން ބަލަހައްޓާ، ފޮރިން ލޭބާ ޑިޕާޓްމަންޓްގެ އިސްވެރިޔަކަށެވެ. އަދި، ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ގެ ކަންކަން ބެލެހެއްޓުމުގައި ވެސް އޭނާ ގެންދެވީ އިސް ރޯލެއް އަދާކުރައްވަމުންނެވެ.

ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަޖީދު ވަކިކުރިީ ބިދޭސީންނާއި ގުޅޭ އެކި ކަންކަމުގައި، ހާއްސަކޮށް ބިދޭސީ މަސައްކަތްތެރިންގެ ކޯޓާ ދޫކުރުމުގެ ތެރެއިން ނުގަވައިދުން ގިނަ ކަންކަމެއް ކުރަމުން ގެންދާ ކަމަށް ތުހުމަތު ކުރެވިފައި އޮއްވަ އެވެ.

މި ތުހުމަތުތައް ކަށަވަރުވެފައި ނުވާއިރު، ސޯޝަލް މީޑިއާގައި ވެސް މަޖީދުއަށް ކޮރަޕްޝަނުގެ ބައެއް ތުހުމަތުތައް އަމާޒުވެފައިވެ އެވެ.