Advertisement

ތިން މީހަކަށް ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ދޭން އަލްހާންގެ މައްޗަށް ހުކުމްކޮށްފި

25 ޑިސެންބަރު 2023 - 21:50 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އަލްހާން ފަހުމީ:


ތިން މީހަކަށް ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ދޭން އަލްހާންގެ މައްޗަށް ހުކުމްކޮށްފި

25 ޑިސެންބަރު 2023 - 21:50 1

ކިންގްސް ކެޕިޓަލްގެ ޕޮންޒީ ސްކީމަށް އިންވެސްޓުކުރި ތިން މީހަކަށް ހަތް ލައްކައަށްވުރެ ގިނަ ރުފިޔާ ދޭން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިއަދު ސިވިލް ކޯޓުން އަލްހާންގެ މައްޗަށް ހުކުމްކޮށްފައި ވަނީ، ތިން މީހަކު އިންވެސްޓު ކުރި ފައިސާ އާއި، އެ ފައިސާ ބޭނުންކޮށްގެން ލިބުނު ފައިދާ އަދި ކޯޓު ހަރަދު ދިނުމަށެވެ. ޖުމުލަ 715،250 ރުފިޔާ ދައްކަންޖެހޭނެ ކަމަށް ކޯޓުން ހުކުމް ކުރި އެވެ. އެއީ ވަކިން ކުރިއަށް ގެންދިޔަ ތިން މައްސަލައެއްގަ އެވެ.

ޝަހުދާ ނަސީރު، ހުސްނުހީނާގެ/ހއ. ހޯރަފުށި

ޝަހުދާއަށް ޖުމުލަ 557،750 ރުފިޔާ ދެއްކުމަށް ކޯޓުން އަމުރު ކުރި އެވެ. އެއީ އޭނާ އިންވެސްޓު ކުރި ފައިސާ އާއި ފައިދާގެ ގޮތުގައި ދޭންޖެހޭ 485،500 އާއި ޝަރީއަތުގެ ހަރަދަށްވާ 72،750 ރުފިޔާ އެވެ.

މަރްޔަމް ޒާނާ މުހައްމަދު، ޖަންބުގެ/ޅ. ހިންނަވަރު

ޒާނާ ކިންގްސް ކެޕިޓަލްއަށް އިންވެސްޓުކޮށްފައި ވަނީ 50،000 ރުފިޔާ އެވެ. އެ ފައިސާ އާއި ކޯޓު ހަރަދުގެ ގޮތުގައި ހޭދަވި 7،500 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކުރި އެވެ. މި ފައިސާ ވެސް ދެއްކުމަށް ދީފައި ވަނީ މިއަދުން ފެށިގެން 15 ދުވަހުގެ މުހުލަތެކެވެ.

އާމިނަތު ރިޝްފާ، ރޯޒީ/ކ. ތުލުސްދޫ

ކިންގްސް ކެޕިޓަލްއަށް އަށް ޝަހުދާ އިންވެސްޓުކުރީ 25،000 ރުފިޔާ އެވެ. އެ ރުފިޔާ އާއި ފައިދާގެ ގޮތުގައި ލިބެން ޖެހޭ 75،000 ރުފިޔާ މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި ދެއްކުމަށް މިއަދު ސިވިލް ކޯޓުން ކިންގްސް ކެޕިޓަލްގެ މައްޗަށް ހުކުމްކުރި އެވެ.

މި ތިން މައްސަލާގައި ވެސް ހުކުމްކޮށްފައި ވަނީ ކިންގްސް ކެޕިޓަލްގެ ޣައިރު ހާޒިރުގަ އެވެ.

އަލްހާން ފަހުމީ އާއި، ސަހުބާން ފަހުމީ އަދި ޝަޒްބާން ފަހުމީގެ އާއިލީ ކުންފުނި, ކިންގްސް ކެޕިޓަލްއިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެ ކަމަށް ދައްކައިގެން، އާންމު އެކި މީހުން އަތުން އެކި އަދަދުތަކުން ފައިސާ ނެގުމަށްފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ނުކޮށްދީ ފައިސާ ޓަކައިފައި ވާތީ އެވެ.

މި މައްސަލާގައި ގެއްލުން ލިބުނު އިތުރު މީހުންގެ މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ ބައިތަކުގެ ތަހުގީގު ނިންމައި ހުށަހެޅުމުން އިތުރު ދައުވާތައް ކުރުމާމެދު ގޮތް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.