Advertisement

މައިކްރޮސޮފްޓް އިން ބަރަބޯ ދަނޑެއް 76 މިލިއަން ޑޮލަރަށް ގަނެފި

25 ޑިސެންބަރު 2023 - 09:52 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

މައިކްރޮސޮފްޓްގެ އަމާޒަކީ މި ސަރަހައްދުގައި ވަރުގަދަ ޑޭޓާ ސެންޓާ ކެމްޕަސްއެއް ހެދުމެވެ. މި ސެންޓަރަށް ޖުމްލަ އެއް ބިލިއަން ޑިލަރު އިންވެސްޓްކުރުމަށް އެކުންފުނިން ވަނީ ނިންމާފަ އެވެ.


މައިކްރޮސޮފްޓް އިން ބަރަބޯ ދަނޑެއް 76 މިލިއަން ޑޮލަރަށް ގަނެފި

25 ޑިސެންބަރު 2023 - 09:52 0

މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި މައިކްރޮސޮފްޓް އިން، ބޮޑުމިނުގައި 407 އޭކަރު ހިމެނޭ ބަރަބޯ ދަނޑެއް ގަނެފި އެވެ.

އެމެރިކާގެ ވިސްކޮންސިންގެ މައުންޓް ޕްލެސެންޓްގައިވާ މި ދަނޑު އެ ކުންފުންޏަށް ވިއްކާފައިވަނީ ކްރޫޒިގާ ނަމަކަށް ކިޔާ އާއިލާއަކުންނެވެ.

މި ބިމުގައި ބޮޑެތި ބަރަބޯތައް ދަނޑުގޮވާންކުރާ "ލޭންޑް އޮފް ދަ ޖަޔަންޓްސް" ދަނޑުގެ އިތުރުން ޒުވާރި ދަނޑެއް ހިމެނެ އެވެ. މި ބިމާއި ޖެހިގެން ވެސް ވަނީ މައިކްރޮސޮފްޓް އިން މިހާރު ގަނެފައިވާ 641 އޭކަރުގެ އިތުރު ބިމެކެވެ.

މައިކްރޮސޮފްޓްގެ އަމާޒަކީ މި ސަރަހައްދުގައި ވަރުގަދަ ޑޭޓާ ސެންޓާ ކެމްޕަސްއެއް ހެދުމެވެ. މި ސެންޓަރަށް ޖުމްލަ އެއް ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

މައިކްރޮސޮފްޓްއިން މި ބިން ގަނެފައިވަނީ، ބިމުގެ އަސްލު އަގަށް ވުރެ މާ ބޮޑުކޮށް ކަމަށް އެމެރިކާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެގޮތުން, މިއަހަރުގެ ކުރީކޮޅު ބިމުގެ އަގު ކަމަށް ލަފާކޮށްފައިވަނީ 174،000 ޑޮލަރެވެ. ނަމަވެސް ބައެއް މަރާމާތުތަކާ އެކު އެ އަގު ވަނީ 598،400 ޑޮލަރަށް އުފުލިފަ އެވެ.

މި ބިން ގަންނަން މީގެ ކުރިން ވެސް ކުންފުންޏަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެގޮތުން 2017 ގައި ފޮކްސްކޮން ޓެކްނޮލޮޖީ ގްރޫޕުން ވަނީ 10 ބިލިއަން ޑޮލަރަށް މި ބިން ގަންނަން އެދި ހުށަހަޅާފަ އެވެ. ނަމަވެސް ބިމުގެ ވެރިފަރާތުން ވަނީ އެ އަގަށް ބިން ނުވިއްކުމަށް ނިންމާފަ އެވެ.

ފޮކްސްކޮން އިން އޭރު ބުނެފައިވަނީ ބިން ގަތުމަށް ފަހު ބިމުގައި އަޅާ ސެންޓަރުން 13،000 ވަޒީފާގެ ފުރުސަދު އެފެއްދޭނެ ކަމަށެވެ. މައިކްރޮސޮފްޓް އިން ބުނެފައިވަނީ މި އެކުންފުނިން ޖުމްލަ 460 ވަޒީފާގެ ފުރުސަތު އުފެއްދޭނެކަމަށެވެ.