Advertisement

ލިވަޕޫލް، ލީގު ކަޕް ސެމީގައި ފުލަމްއާ ދެކޮޅަށް

21 ޑިސެންބަރު 2023 - 08:40 0

ލިވަޕޫލްގެ ކާޓިސް ޖޯންސް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: ވެސްޓް ހޭމް ކޮޅަށް އޭނާ ވަނީ ދެ ގޯލު ޖަހައިފައި.


ލިވަޕޫލް، ލީގު ކަޕް ސެމީގައި ފުލަމްއާ ދެކޮޅަށް

21 ޑިސެންބަރު 2023 - 08:40 0

ލިވަޕޫލް (ޑިސެމްބަރު 21) - އިނގިރޭސި ލީގު ކަޕް ކުއާޓާ ފައިނަލުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 5-1 އިން މޮޅުވެ، ލިވަޕޫލުން މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު ހޯދައިފި އެވެ.

އަންނަ މަހު ދެ ލެގަށް ކުޅޭ ސެމީ ފައިނަލުގައި ލިވަޕޫލުން ކުޅޭނީ ފުލަމްއާ ދެކޮޅަށެވެ. އަނެއް ސެމީގައި ޗެލްސީ ބައްދަލުކުރާނީ މިޑްލްސްބަރާއާ އެވެ. ފުރަތަމަ ލެގު އޮންނާނީ ޖެނުއަރީ 8 ގަ އެވެ. އަދި ދެ ވަނަ ލެގު ޖެހިގެން އަންނަ ހަފްތާގަ އެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލުން ފުރަތަމަ ހާފުގައި ލީޑުނެގީ އޭރިއާބޭރުން ޑޮމިނިކް ސޮބޯސްލާއި ޖެހި ގޯލުންނެވެ. ދެ ވަަނަ ހާފްގެ ކުޅުން ފެށިގެން 11 މިނިޓް ތެރޭ، ޑާވިން ނޫނޭޒް ދިން ބޯޅައަކުން ކާޓިން ޖޯންސް ވަނީ ލިވަޕޫލްގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. އަދި މެޗުގެ 71 ވަނަ މިނިޓްގައި ކޯޑީ ގަކްޕޯ ވަނީ އޭރިއާ ރޮނގުމަތިން ފޮނުވާލި ޝޮޓަކުން ލިވަޕޫލްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.

ވެސްޓް ހޭމް އަށް މެޗުގެ 77 ވަނަ މިނިޓްގައި ޖެރޮޑް ބޮވެން ވަނީ ލަނޑެއް ޖަހައިދީ އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، އެ ފަހުން ލިވަޕޫލުން ވަނީ އިތުރު ދެ ގޯލު ޖަހައިފަ އެވެ.

އެ ގޮތުން، މެޗުގެ 82 ވަނަ މިނިޓްގައި މުހައްމަދު ސަލާހު އޭރިއާތެރެއަށް ބޯޅަ ހިފައިގެން ގޮސް ތިރީ ކަނަށް ފޮނުވާލައިގެން ލިވަޕޫލްގެ ހަތަރު ވަނަ ގޯލު ޖެހިއިރު، އޭގެ ދެ މިނިޓް ފަހުން ޖޯންސް ވަނީ ލިވަޕޫލްގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ.

ވެސްޓް ހޭމް ކޮޅަށް ޖޯންސް ޖެހި ދެ ވަނަ ގޯލަކީ މި މުބާރާތުގެ ތާރީހުގައި ލިވަޕޫލުން ޖެހި 500 ވަނަ ގޯލެވެ. މިއީ، 1998 ވަނަ އަހަރަށް ފަހު ވެސްޓް ހޭމް ކޮޅަށް ލިވަޕޫލުން އަމިއްލަ ދަނޑުުގައި މެޗެއްގައި ފަސް ގޯލު ޖެހި ފުރަތަމަ ފަހަރެވެ.

ލިވަޕޫލުން ވަނީ ނުވަ ފަހަރު އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ.