Advertisement

ނުކުޅެދޭ މީހުންނަށް ވަޒީފާ ދިނުމަށް ސިޔާސަތެއް އެކުލަވާލަނީ

17 ޑިސެންބަރު 2023 - 17:04 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބް -- ފޮޓޯ: ރައީސް އޮފީސް


ނުކުޅެދޭ މީހުންނަށް ވަޒީފާ ދިނުމަށް ސިޔާސަތެއް އެކުލަވާލަނީ

17 ޑިސެންބަރު 2023 - 17:04 0

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ސިޔާސަތެއް އެކުލަވާލަން ނިންމައިފި އެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވީ ފާސްކުރި މުހިންމު އެއް ކަމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމަށް ހާއްސަ ސިޔާސަތެއް އެކުލަވާލުން ކަމަށެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމަށް ހާއްސަ ސިޔާސަތެއް ކަނޑައަޅާފައި މިވަނީ. އެކަމާ ބެހޭ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި، އެކަމާ ގުޅޭ އިދާރާތަކުން މަސައްކަތްކުރައްވާނެ" ޝަހީބް ވިދާޅުވި އެވެ.

އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހަވާ ގޮތަށް ޕްލޭނިން ކޮންސްޓްރަކްޝަން ގަވާއިދެއް އެކުލަވާލުމަށް ވެސް ނިންމާފައިވާކަން ވެސް ހާމަކޮށްފައި ވެއެވެ. އެގޮތުން ސަރުކާރުގެ މުއައްސަސާތަކަކީ ވީލްޗެއާ ވެއްދޭ ތަންތަން ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށް ޝަހީބް ވިދާޅުވި އެވެ.

ޝަހީބް ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން މަގުތަކަކީ ވެސް ނުކުޅެދުންތެރިކަމް ހުންނަ މީހުންނަށް ފަސޭހަ ތަންތަނަށް ހެދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ ޕްރޮގްރާމެއް ފެށީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގަ އެވެ.

ނިމިގެން ދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުން އަންނަ އެލަވަންސް އިތުރުކުރި އެވެ. އެގޮތުން ކުރިން ދެމުން އައި 2000ރ ގެ އެލަވަންސް މަދުވެގެން 3000ރ އަށް އިތުރުކުރި އެވެ.