އެފްއޭއެމް މުވައްޒަފުންނަށް މުސާރަ ދޭން ޝަރުތުކޮށް ފީފާ އިން ފައިސާދީފި

މި އަހަރު ބޭއްވި އެފްއޭއެމް ކޮންގްރެސްގެ ތެރެއިން އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި އަހަރު ބޭއްވި އެފްއޭއެމް ކޮންގްރެސްގެ ތެރެއިން އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މުވައްޒަފުންނަށް ނުދީ ހުރި މުސާރަ ދޭން ޝަރުތުކޮށް، ދުނިޔޭގެ ފުޓުބޯޅަ ފެޑެރޭޝަން (ފީފާ) އިން، ދާދިފަހުން އެފްއޭއެމަށް ފައިސާ ދީފި އެވެ.

އެފްއޭއެމްގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަ މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އެ އެސޯސިއޭޝަންގެ ބައެއް މުވައްޒަފުން ވަނީ އެ ތަން ދޫކޮށް، އެެހެން އޮފީސްތަކުގެ ވަޒީފާ އަށް ބަދަލުވެފަ އެވެ. އެފްއޭއެމް އިން އެ ތަނުގެ މުވައްޒަފުންގެ މުސާރަ އިން ޕެންޝަން ފައިސާ އުނިކުރި ނަމަވެސް އެ ފައިސާ ޕެންޝަން އޮފީހަށް ނުފޮނުވާ މައްސަލަ ވެސް އޮތީ ހާމަވެފަ އެވެ.

އެފްއޭއެމްގެ މުވައްޒަފުންގެ މުސާރަ ނުލިބި ހުރުމާ އެކު، އެ އެސޯސިއޭޝަންގެ މުބާރާތްތައް ހިނގަން ނުކުންނަން ވެސް، ސްޓާފުން ބޭނުމެއް ނުވެ އެވެ. އެއީ ތަކުރާރުކޮށް، މުސާރަ މައްސަލައިގައި އެފްއޭއެމްގެ ލީޑަޝިޕުން އޮޅުވާލާފައިވާތީ އެވެ.

ގައުމީ ޓީމުގެ މެޗުތަކާއި އޭއެފްސީ ކަޕްގެ މެޗުތަކަށް އެފްއޭއެމްގެ މުވައްޒަފުން ނުކުތީ، މުސާރަ ނުލިބި ހުރި ކަމުގައި ވިޔަސް، "ގައުމީ ކަމެއްގެ ގޮތުގައި" ދެކިގެން ކަމަށް ވެސް ވަނީ މީޑިއާގައި ބުނެފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަން، އެފްއޭއެމް، ބަނގުރޫޓުވާ ހާލަތަށް ވެއްޓި، އިދާރީ ގޮތުން އެސޯސިއޭޝަންގެ މަސައްކަތް ހިންގާނެ ފައިސާ ވެސް ނެތެވެ.

އިތުބާރު ހުރި ފަރާތަކުން، މައުލޫމާތު ދިން ގޮތުގައި، އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ޝަރުތުކޮށް، ފީފާ އިން ވަނީ ދާދިފަހުން، އެއް ލައްކަ ޑޮލަރުގެ ޕޭމަންޓެއް ދީފަ އެވެ. އަދި "އޮޕަރޭޝަނަލް ކޯސްޓް"ގެ ގޮތުގައި ދިން މި ޕޭމަންޓުން ހަރަދުކުރަން ޖެހެނީ މުވައްޒަފުންނަށް ނުދީ ހުރި މުސާރަ އަށެވެ.

ފީފާ އިން ދެން އެފްއޭއެމް އަށް އިތުރު ޕޭމަންޓެއް ދޭން ނިންމާފައިވަނީ، އެފްއޭއެމް އިން މި ފުރަތަމަ ޕޭމަންޓް ހަރަދުކުރި ގޮތުގެ ތަފްސީލް ހުށަހެޅުމުންނެވެ. އެފްއޭއެމުން އަންނަނީ ފުރަތަމަ ޕޭމަންޓުން މުވައްޒަފުންނަށް ނުދީ ހުރި މުސާރައިގެ ކަންކަން ނިންމަން މަސައްކަތް ކުރަމުންނެވެ.

އެފްއޭއެމްގެ ވަގުތީ ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު)، މިއަދު "އަދަދު" އަށް ވިދާޅުވީ، ފީފާ އިން ޕޭމަންޓެއް ލިބިފައިވާ ކަމަށާއި އެ ޕޭމަންޓް ބޭނުންކުރުމުގައި އަަމަލުކުރާނެ "ގައިޑްލައިން އެއް" ވެސް ފޮނުވާފައިވާ ކަމަށެވެ.

"ފީފާގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރާނަން. އެ މަސައްކަތް ކުރިއަށްދަނީ،" ޖައު ވިދާޅުވި އެވެ.

ފީފާ އިން ޖުމްލަ އެކު، އެފްއޭއެމްގެ މުސާރަ ކަންތައްތައް ހަމަޖައްސަން ބަހާލައިގެން ތިން ލައްކަ ޑޮލަރު ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އަމުރަށް ފުލުހުން އެފްއޭއެމްގެ މައްސަލައެއްގެ ތަހުގީގު ފަށައި، މިދިޔަ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު އެފްއޭއެމް ހައުސް އަށް ވަދެ، ތަހުގީގަށް ބޭނުންވާ ތަކެތި ވަނީ ހޯދައިފަ އެވެ. ކުރަމުން އަންނަ މި ތަހުގީގަކީ ފީފާ އާއި ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކުން، ރާއްޖޭގެ ފުޓްބޯޅަ އަށް ހަރަދުކުރަން ފޮނުވާ ފައިސާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އެ އެސޯސިއޭޝަންގެ އެކި ވެރިން ނަހަމަ ގޮތުގައި ބޭންކުރާ ކަމަށް ކުރެވޭ ތުހުމަތުގެ މައްސަލަ އެވެ.

ޕީޖީ އޮފީހުގެ އަމުރަށް ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް މިހާތަނަށް ވެސް ހެކިތަކެއް ވަނީ ލިބިފަ އެވެ. އެކަން ފުލުހުން ވަނީ މީޑިއާގައި ހާމަކޮށްފައިވާއިރު، ޕީޖީން އަންނަނީ ބައްސާމް ހިމެނޭ ގޮތަށް އެފްއޭއެމްގެ ލީޑަޝިޕްގެ އެކި ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރަން ފޮނުވަން ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox