Advertisement

ހަތް އަހަރަށް ފަހު އަލީ ވަހީދު އަލުން އަނބުރާ އެމްޑީޕީއަށް

7 ޑިސެންބަރު 2023 - 05:29 4

ސާއިފް ޝިޔާދު

ސ

Advertisement

އެމްޑީޕީގެ ޕޯޑިއަމެއްގައި އަލީ ވަހީދު ވާހަކަ ދައްކަވަނީ. އޭނާ އެމްޑީޕީއަށް ސޮއިކުރެއްވީ ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރަކަށް ހުންނެވުމަށް ފަހު ---


ހަތް އަހަރަށް ފަހު އަލީ ވަހީދު އަލުން އަނބުރާ އެމްޑީޕީއަށް

7 ޑިސެންބަރު 2023 - 05:29 4

Advertisement

Advertisement

މިދިޔަ ސަރުކާރުގައި އެންމެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އަލުން އަނބުރާ އެ ޕާޓީއަށް ސޮއިކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ވަހީދު ވިދާޅުވީ ހަތް އަހަރާއި ހަތް ދުވަހަށް ފަހު އަލުން އަނބުރާ އެ ޕާޓީއަށް ސޮއިކުރައްވާފައިވާ ކަމަށެވެ.

Advertisement

"އިރާދަފުޅުން އެމްޑީޕީ އަށާއި މުޅި ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ކާމިޔާބަށް އެދި ހިތްވަރާއި މުރާލިކަމާއެކު ހިދުމަތް ކުރާނަން," އަލީ ވަހީދު ވިދާޅުވެފައިވެ އެވެ.

ޑީއާރުޕީން ސިޔާސީ ހަޔާތް ފެއްޓެވި އަލީ ވަހީދު، މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރަކަށް ހުންނަވަނިކޮށް ކުލަގަދަ ޖަލްސާއެއްގައި އޭރު ވެރިކަންކުރާ އެމްޑީޕީއަށް ސޮއިކުރެއްވި އެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރެއްވުމަށްފަހު، އޭނާ ޖޭޕީއާ ގުޅިވަޑައިގަތީ 2018 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރުގަ އެވެ.

އެއަށްފަހު އެ ޕާޓީގެ ސްލޮޓެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ކަމަށް ވަޑައިގެންނެވި އެވެ. އެ މަގާމުގައި ހުންނެވިއިރު އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ސޯލިހު ވަނީ އޭނާ މަގާމުން ވަކިކުރައްވާފަ އެވެ.

Advertisement

އެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިނގަމުން ދަނިކޮށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތް ގޮތަށް، އެނބުރި ރާއްޖެ ވަޑައިގަތީ ދައުވާތައް އަނބުރާ ގެންދިޔަ ފަހުންނެވެ. ބޭސް ފަރުވާއަށް ކަމަށް ބުނެ ފެބްރުއަރީ 10، 2021 ގައި ބޭރަށް ފުރާވަޑައިގަތް ގޮތަށް އޭނާ ރާއްޖެ އެނބުރި ވަޑައިގަތީ މިއަހަރުގެ ޖުލައިގަ އެވެ.

ޔޫކޭގައި އުޅުއްވަނިކޮށް، އެގައުމުގެ އިމިގްރޭޝަން ގާނޫނާ ހިލާފުވި ކަމަށްބުނެ އެ އަހަރުގެ އޮގަސްޓު މަހުގައި އެ ގައުމުގެ ފުލުހުން އޭނާ ހައްޔަރުކޮށް ވަގުތީ ބަންދެއްގައި ބެހެއްޓުމަށް ފަހު ފަހުން ވަނީ ދޫކޮށްލާފަ އެވެ. އެ މައްސަލާގައި އޭނާ ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އިނގިރޭސި ސަރުކާރުން އޭނާގެ އަރިހުން މާފަށް ވެސް އެދިފައިވެ އެވެ.

Advertisement

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

މަ

over 1 year ago

7 އަހަރޭ. 2018 އިން 2023 އައް 7 އަހަރު ވާނެ ގޮތެއް ބުނެދީބަލަ. ނަސީބެއްނު 70 އޭ ނުބުނިކަން

އަލަމްގިރީ

over 1 year ago

އައްޔައަށް މަރުހަބާ. އަލީމެންގެ ޚިދުމަތް ޕާޓީއަށް ވަރަށް މުހިއްމުވާނެ. ގައުމަށް ބޭނުންވަނީ އަލީމެންކަހަލަ ރޭގަނޑުގެ ކުޅިވަރުތައް ކުޅުވާ ޒުވާނުން ފޫހިފިލޫވާދޭނެ ފަދަ ލީޑަރުން.

އައިމަން

over 1 year ago

ޢަލީ ބުނީ މިދިޔަ ރިޔާސީ އިންތިޚާބަށް ފަހު ދެން ސިޔާސީ ދާއިރާ ނޫން އެހެން ދާއިރާ އަކުންނޭ ފެންނާނީ، މިހާރި މިވީ ގޮތުން އެމްޑީޕީއަކީ މުސްތަގުބަލުގައި ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރާ އެސޯސިއޭޝަނަކަށް ހަދަންތޯއޭ ޢަލީ އުޅެނީ؟ ޢަލީ ކޮޗެއް މަތުވެގެން ކޯޗެއްނެތިގެންތަ ޢަލީ ތަ ތިޔައުޅެނީ؟

މަހްބޫބް

over 1 year ago

އަލީ ތިއުޅެނީ ފުޅަނގިއުޅޭހެން