Advertisement

ޔޫރޯގެ ޗެމްޕިއަނުންނަށް 30 މިލިއަން ޑޮލަރު ހޯދިދާނެ!

5 ޑިސެންބަރު 2023 - 08:33 0


ޔޫރޯގެ ޗެމްޕިއަނުންނަށް 30 މިލިއަން ޑޮލަރު ހޯދިދާނެ!

5 ޑިސެންބަރު 2023 - 08:33 0

ޕެރިސް (ޑިސެމްބަރު 5) - އަންނަ އަހަރުގެ ޖޫން 14 އިން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ޔޫރޯގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް އެންމެ ގިނަ ވެގެން ފައިސާގެ އިނާމްގެ ގޮތުގައި ލިބޭނީ 30 މިލިއަން ޑޮލަރު ކަމަށް ޔުއެފާ އިން ހާމަކޮށްފި އެވެ.

އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިޓަލީ އަށް ލިބިފައިވަނީ 35 މިލިއަން ޑޮލަރެވެ. އެއީ އެ ފަހަރު، ޔޫރޯ ފުޓްބޯޅަ މުބާރާތް ގިނަ ގައުމުތަކެއްގައި ކުޅެފައިވާތީ ލިބުނު އާމްދަނީ އެވެ. އެ ފަހަރު ފައިނަލުން ބަލިވި އިންގްލެންޑަށް ވެސް ވަނީ 30 މިލިއަން ޑޮލަރު ލިބިފަ އެވެ.

ޖަރުމަނުގައި އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް އެންމެ ގިނަ ވެގެން ހޯދޭނީ 30 މިލިއަން ޑޮލަރެވެ. އެއީ، ހުރިހާ މެޗަކުން މޮޅުވެގެން ފައިނަލް ވެސް ކާމިޔާބުކޮށްފިނަމަ އެވެ. މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކަށް ވެސް 10 މިލިއަން ޑޮލަރު ދޭނެ އެވެ.

ޔުއެފާ އިން ޔޫރޯގެ ފައިސާގެ އިނާމްގެ ގޮތުގައި އަންނަ އަހަރުގެ މުބާރާތަށް ބަޖެޓް ކުރާނެ ކަމަށް ހާމަކޮށްފައިވަނީ 335 މިލިއަން ޑޮލަރު އެވެ.

ޔޫރޯ 2024 ގެ ގްރޫޕްތައް:

ގްރޫޕް އޭ: ޖަރުމަނު، ސްކޮޓްލެންޑް، ހަންގޭރީ، ސްވިޒަލެންޑް

ގްރޫޕް ބީ: ސްޕެއިން، ކްރޮއޭޝިއާ، އިޓަލީ، އަލްބޭނިއާ

ގްރޫޕް ސީ: ސްލޮވީނިއާ، ޑެންމާކް، ސާބިއާ، އިންގްލެންޑް

ގްރޫޕް ޑީ: ނެދަލެންޑްސް، އޮސްޓްރިއާ، ފްރާންސް، (ވޭލްސް/ފިންލެންޑް/ޕޮލެންޑް/އެސްޓޯނިއާ)

ގްރޫޕް އީ: ރޮމޭނިއާ، ބެލްޖިއަމް، ސްލޮވާކިއާ، (ބޮސްނިއާ/ޔޫކްރެއިން/އިޒްރޭލް/އައިސްލެންޑް)

ގްރޫޕް އެފް: ތުރުކީ، ޕޯޗުގަލް، ޗެކް ރިޕަބްލިކް، (ޖޯޖިއާ/ލަގްޒެމްބާގް/ގްރީސް/ކަޒަކްސްތާން)

އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނީ ކުރިއަށް އޮތް ޔޫރޯ އަކީ އެއްވެސް ޓީމަކަށް ފަސޭހަކޮށްލައިގެން ކުރިއަށްދެވޭ ވަރަށް ވުރެ ކޮންމެ މެޗެއް ވެސް އުނދަގޫވާނެ މުބާރާތެކެވެ.

މި ވަގުތު އޮތް ފޯމާއި ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު، ބައެއް ޓީމުތަކަކީ މި ވަގުތު ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ޓީމުތަކެއް ކަމަށް ވިޔަސް ހަގީގަަތަކީ އެއްވެސް މެޗަކީ "ކަރުދާހުުގައި އޮންނަ ގޮތަށް" ދާނެ މެޗުތަކެއް ނޫން ކަމަށް ވެސް ސައުތުގޭޓްގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ.

ޖަރުމަނުގެ 10 ސިޓީގައި މި މުބާރާތް ކުރިއަށްދާއިރު، ފުރަތަމަ މެޗުގައި ޖޫން 14 ވަނަ ދުވަހު މިއުނިކްގައި ޖަރުމަނުން ކުޅޭނީ ސްކޮޓްލެންޑާ ދެކޮޅަށެވެ. ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ އެ ޓީމު އޮތީ "މަރުގެ ގްރޫޕްގައި" ނޫން ކަމަށް ވިޔަސް ކޮންމެ މެޗެއް ވެސް ވާނީ ރަނގަޅު ޓެސްޓަކަށް ކަމަށެވެ.