Advertisement

ޔޫރޯ އަށް ކޮލިފައިނުވިޔަސް ވޭލްސްގެ ކޯޗު މަގާމުގައި ދެމިހުންނާނެ

28 މާރިޗު 2024 - 14:34 0


ޔޫރޯ އަށް ކޮލިފައިނުވިޔަސް ވޭލްސްގެ ކޯޗު މަގާމުގައި ދެމިހުންނާނެ

28 މާރިޗު 2024 - 14:34 0

ކާޑިފް (މާޗު 28) - މި އަހަރުގެ ޔޫރޯ އަށް ވޭލްސް ކޮލިފައިނުވިޔަސް، އެ ޓީމުގެ ކޯޗުގެ މަގާމުގައި ރޮބް ޕޭޖް ދެމިހުންނާނެ ކަމަށް ވޭލްސްގެ ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް، ސްޓީވް ވިލިއަމްސް ވިދާޅުވެއްޖެ އެެވެ.

މި ހަފުތާގައި ކުޅުނު ޔޫރޯ ކޮލިފައިން ޕްލޭއޮފްގައި ޕޯލެންޑް އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ، ވޭލްސް އަށް ވަނީ ޔޫރޯ އަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލިފައެވެ.

ޕޭޖް، 49، މަގާމުގައި ދެމިހުންނާނެ ކަމާމެދު ސުވާލު އުފެދިފައި ވަނިކޮށް، ވޭލްސްގެ ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ސްޓީވް ވިލިއަމްސް ވިދާޅުވީ ޔޫރޯ އަށް ކޮލިފައިނުވިޔަސް، ޕޭޖް މަގާމުން ވަކިނުކުރާނެ ކަމަށެވެ.

"ޕޭޖް ކޮންޓުރެކްޓް ހަމަވަންދެން މަގާމުގައި ދެމިހުންނާނެ. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް ޕޭޖްގެ ކޮންޓުރެކްޓް އޮންނާނެ،" ވިލިއަމްސް ބުންޏެވެ.

ޕޭޖް، ވޭލްސްގެ ކޯޗުކަމާ 2022 ވަނަ އަހަރު ހަވާލުވީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށެވެ.

ޕޮލެންޑް އަތުން ބަލިވި މެޗަށްފަހު ޕޭޖް ބުނީ ނޭޝަންސް ލީގާއި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ވޭލްސް ގެންދަން އެންމެ އެކަށީގެންވާ ކޯޗަކީ އޭނާ ކަމަށެވެ.

ގަތަރުގައި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ވޭލްސް ކޮލިފައިވީ ޕޭޖްގެ އިރުޝާދުގެ ދަށުންނެވެ.