Advertisement

އީއައިއޭ ފުރިހަމަނުކޮށް މުރަކަ އިންދުމުން ޖޯލި ރިސޯޓު ޖޫރިމަނާކޮށްފި

26 ނޮވެންބަރު 2023 - 15:27 0

ނިމާ ހަސަން

ނިމާ ހަސަން

ޖޯލި ރިސޯޓުގައި ހިންގި މުރަކަ އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ: ޖޯލި


އީއައިއޭ ފުރިހަމަނުކޮށް މުރަކަ އިންދުމުން ޖޯލި ރިސޯޓު ޖޫރިމަނާކޮށްފި

26 ނޮވެންބަރު 2023 - 15:27 0

އެންވަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) މަރުހަލާ ފުރިހަމަ ނުކޮށް, ރ. މުރަވަންދޫގައި ހިންގާ ޖޯލި ރިސޯޓުގައި މުރަކަ އާލާ ކުރުމުގެ މަސައްކަތް ފެށުމުން އެ ރިސޯޓު ހިންގާ އަލީބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކޮށްފި އެވެ.

އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ޖޯލި ރިސޯޓު ޖޫރިމަނާ ކޮށްފައި ވަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވައިދުގެ 20 ވަނަ މާއްދާގެ ހ. އަށް ރިއާޔަތްކޮށް, އެ ގަވައިދުގެ ޖަދުވަލު ޖ. ގެ ދަށުންނެވެ. އެ ރިސޯޓު ޖޫރިމަނާ ކުރީ 20,000ރ. އިންނެވެ.

މިދިޔަ ބުދަ ދުވަހު އެ ރިސޯޓު ޖޫރިމަނާ ކުރިއިރު, 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން އީޕީއޭއިން އަންގާފައިވެ އެވެ.

ޖޯލި ރިސޯޓުގައި މުރަކަ އާލާ ކުރަން މިހާރު ކޮށްފައިވާ މަސައްކަތްތަކާއި ގުޅިގެން ރަށުގެ ތިމާވެށީގެ ހާލަތު, އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށްފަހު އެކަމާ ގުޅޭ ރިޕޯޓުވެސް 30 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އީޕީއޭއިން ވަނީ އެ ރިސޯޓަށް އަންގާފަ އެވެ.

އީޕީއޭއިން ބުނީ, ޖޯލި ރިސޯޓުގައި މުރަކަ އާލާ ކުރުމުގެ މަސައްކަތް އަލީބޭ ކުންފުނިން ފަށާފައި ވަނީ އީއައިއޭ މަރުހަލާ ފުރިހަމަ ކުރުމަކާ ނުލާކަންޔަގީންކުރެވުނީ އެ އެޖެންސީން އެ މައްސަލަ ބަލައި އެއްކުރި މައުލޫމާތުންނާއި, ބަދަލުކުރި ލިޔެކިއުންތަކަށް އަދި ޓޫރިޒަމް މިނިސްޓްރީން ހޯދި މައުލޫމާތުތަކުން ކަމަށެވެ.