ސަރުކާރާ ހަވާލުވި އިރު މަސްވެރިންނަށް ދޭންޖެހޭ 200 މިލިއަން ރުފިޔާ ނުދައްކާ އެބަ އޮތް: ޝިޔާމް

ދިވެހި މަސްވެރިންތަކެއް، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދޭ ކަމުގެ ޝަކުވާ އަބަދުވެސް ކުރޭ - މުހައްމަދު ޝާބިން / އަދަދު

ދިވެހި މަސްވެރިންތަކެއް، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދޭ ކަމުގެ ޝަކުވާ އަބަދުވެސް ކުރޭ - މުހައްމަދު ޝާބިން / އަދަދު

އާ ސަރުކާރުން ވެރިކަމާ ހަވާލުވި އިރު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 200 މިލިއަން ރުފިޔާ ނުދައްކާ އެބަ އޮތް ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

"އަދަދު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ސަރުކާރާ ހަވާލުވި އިރު މަސްވެރިންނަށް ދޭންޖެހޭ 200 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށާއި އޭގެ ތެރެއިން 30 މިލިއަން ރުފިޔާ މިހާރު ދައްކާފައިވާ ކަމަށެވެ.

މަސްވެރިންނަށް ފައިސާ ދިނުމުގައި ދަތި ވަނީ ކީއްވެތޯ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ ދައުލަތުގައި އެކަށީގެންވާ މިންވަރަށް ފައިސާ ނެތީ ކަމަށެވެ. ހަރަދަށް ޒިންމާ ވުމުގެ ގާނޫނު ސަސްޕެންޑް ކޮށްފައި އޮތް އޮތުން އުވާލުމާއެކު ދައުލަތަށް ފައިސާ ލިބޭނެ ގޮތްތައް ވެސް ފަހި ވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

ގާނޫނުން ބައެއް މާއްދާތައް ސަސްޕެންޑް ކޮށްފައި އޮތީ ޕަބްލިކް ބޭންކް އެކައުންޓުން އޯވަޑްރޯކުރުން ސަގާފަތަކަށް ވެދާނެތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ކުރުމަށް ނުވަތަ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފައިސާ ދައުލަތުގައި ނެތް ކަމަށެވެ. ދައުލަތުގެ ހަރަދު ބޮޑު ވެގެން ދިޔައިރު، އާމްދަނީ އިތުރު ކުރާނެ ގޮތްތަކެއް ހޯދާފައި ނުވާ ކަމަށާއި އެއަށްވުރެ ބޮޑަށް ބަރޯސާ ވެފައި ވަނީ ފައިސާ ޗާޕު ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންނަމަވެސް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް އާ ސަރުކާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާކަން ޝިޔާމް ފާހަގަ ކުރެއްވި އެވެ. މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ވެސް، ހައްލުތަކެއް ހޯދައި ދިނުމަށް މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވުމާއި ބާނާ މަސް ވަގުތުން ނުކިރުން ފަދަ މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ އުންމީދުތަކެއް ރައީސް ޑރ. މުއިއްޒާއެކު އޮންނާނެ. އަޅުގަނޑުމެން ނެތިން މިއީ އެހެން ވެގެން މިހެން ވެގެން ހިނގި ކަމެކޭ ކިޔާފައި އޭގެ ހިފާ ދަމަން. ރައީސުލްޖުމްހޫރިއްޔާ ވަރަށް ބާރަށް މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ ރާއްޖެ އޮތް ހާލަތު ބަދަލު ކުރުމަށް. ދައުލަތުގެ ރިޒާވް ވަރަށް ބޮޑަށް ދަށްވެފަ ހުރީމަ،" ޝިޔާމް ވިދާޅުވި އެވެ.

މީގެ އިތުރުން މިފްކޯއަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ރާވާފައިވާ ކަންކަން މިނިސްޓަރު ހިއްސާ ކުރެއްވި އެވެ. އެގޮތުން މިފްކޯގެ ޕްރޮޑަކްޝަން އިތުރު ކުރުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ރޯ މަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި މަހުގެ އުފެއްދުންތައް އަގު އިތުރުކޮށް އެކްސްޕޯޓް ކުރެވޭނެ ގޮތްތައް ހޯދަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ދެކުނުގައި ދަޅު މަސް ބަންދު ކުރެވޭނެ ފެކްޓަރީއެއް އުފައްދަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މަސްވެރިންގެ ޝަކުވާތަކަށް އެދެވޭ ހައްލެއް މިހާތަނަށް ހޯދައިދެވިފައެއް ނެތެވެ. ނިމުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް މަސްވެރިންގެ އެތައް އިހުތިޖާޖެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް އެތައް ގަރާރެއް ވެސް ހުށަހަޅައި، ކުރީ ސަރުކާރުގެ ފުރަތަމަ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް އެތައް ފާޑުކިޔުންތަކެއް އަމާޒު ކޮށްފައިވެ އެވެ. އެ މައްސަލައިގައި ޒަހާ މަގާމުން ވެސް ވަކި ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox