Advertisement

ވަކީލުން ތެރެއިން ޖޭއެސްސީއަށް މެންބަރަކު ހޮވުން ޑިސެމްބަރު 7 ގައި

22 ނޮވެންބަރު 2023 - 09:26 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ވަކީލުން ހުވާ ކުރުމުގެ ރަސްމިއްޔާތެއް: ޖޭއެސްސީއަށް އިންތިހާބުކުރާ ވަކީލަކު ހޮވުން ޑިސެމްބަރު 7 އަށް ހަމަޖައްސައިފި


ވަކީލުން ތެރެއިން ޖޭއެސްސީއަށް މެންބަރަކު ހޮވުން ޑިސެމްބަރު 7 ގައި

22 ނޮވެންބަރު 2023 - 09:26 0

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ގާނޫނީ ވަކީލުން ތަމްސީލްކުރާ މެންބަރުގެ ޖާގަ ހުސްވުމުން، އެ އިންތިހާބު އަންނަ ޑިސެމްބަރު ހަތްވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިިފި އެވެ.

އެ މަގާމު ހުސްވީ ކުރިން ހުންނެވި، އަބްދުލްމާނިއު ހުސައިން މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މިހާރު ވަނީ ހައި ކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފަ އެވެ. އަދި ޖޭއެސްސީން ވަނީ ފަނޑިޔާރު ކަމަށް މާނިއު އައްޔަންކޮށްފަ އެވެ.

ބާ ކައުންިލުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އެ އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ނޮވެމްބަރު 28، ގެ ހަވީރު 3:00 ގެ ނިޔަލަށެވެ. ރަސްމީ ބަންދު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 3:00 އަށް ފޯމު ހުށަހެޅޭނެ އެވެ.

އިންތިހާބުގައި ވާދަކުރަން ބޭނުންވާ ގާނޫނީ ވަކީލުން އިދާރީ ފީއެއްގެ ގޮތުގައި 5،000 ރުފިޔާ ބާ ކައުންސިލަށް ދައްކަން ޖެހެ އެވެ.

ޖޭއެސްސީއަކީ ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމާއި މަގާމުގެ ކުރިއެރުންތައް ދިނުމުގެ ބާރުތަކާ އެކު އޮންނަ މުއައްސަސާ އެވެ. އެ ކޮމިޝަނުގެ އެކުލެވުން އޮންނަ ގޮތް ބަޔާންކޮށްފައިވަނީ ގާނޫނު އަސާސީގަ އެވެ.

ޖޭއެސްސީގައި ތިބެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، މަޖިލީހުން ކަނޑައަޅާ މަޖިލީހުގެ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމު މީހަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓު ފަނޑިޔާރަކާއި، ދަށު ކޯޓު ފަނޑިޔާރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ވަކީލުން ތަމްސީލްކުރަން މެންބަރެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކާއި ބަންޑާރަ ނައިބު ވެސް އިންނަވަ އެވެ.