Advertisement

ރެއާލް މެޑްރިޑްގެ ޖާޒީއެއްގައި ރާމޯސް ސޮއިނުކުރުމުން ސަޕޯޓަރުން ރަތަށް!

19 ނޮވެންބަރު 2023 - 13:11 0


ރެއާލް މެޑްރިޑްގެ ޖާޒީއެއްގައި ރާމޯސް ސޮއިނުކުރުމުން ސަޕޯޓަރުން ރަތަށް!

19 ނޮވެންބަރު 2023 - 13:11 0

މެޑްރިޑް (ނޮވެމްބަރު 19) - ރެއާލް މެޑްރިޑްގެ ޖާޒީއެއްގައި އެޓީމްގެ ކުރީގެ ތަރި ސާޖިއޯ ރާމޯސް ސޮއިނުކުރި ވީޑިއޯއެއް އާންމުވެ، ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.

ރެއާލް އަށް 2005-2001 އާ ދެމެދު ކުޅުނު ރާމޯސް ރެއާލް ދޫކޮށް ދިޔައީ ފްރާންސްގެ ޕީއެސްޖީ އަށެވެ. އޭގެ ފަހުން މި އަހަރު އޭނާ ވަނީ ސްޕެއިންގެ ސެވިއްޔާ އަށް ބަދަލުވެފަ އެވެ.

ރެއާލް އަށް 16 އަހަރު ކުޅުނު ރާމޯސް އަކީ ކުލަބުގެ ސަޕޯޓަރުންގެ މެދުގައި މަގުބޫލު ކުޅުންތެރިއެކެވެ. ރެއާލްގެ ކެޕްޓަންކަން ވެސް ކުރި ރާމޯސް އެކުލަބު ދޫކޮށްލި ފަހުންވެސް ސަޕޯޓަރުންނާ ދެމެދު ގާތް ގުޅުމެއް އޮވެ އެވެ.

ދާދި ފަހުން އެކްސްގައި އާންމުވި ވީޑިއޯގައި ރާމޯސް ވަނީ ޖާޒީތަކެއްގައި ސޮއިކޮށްފަ އެވެ. އޭނާގެ ކާރުގެ ތެރޭގައި އިނދެ ޖާޒީތަކެއްގައި ސޮއިކުރަމުން ދިޔައިރު، ސެވިއްޔާގެ ޖާޒީގައި ސޮއިކުރުމަށް ފަހު ސަޕޯޓަރުން ދިއްކޮށްލި ރެއާލްގެ ޖާޒީގައި ސޮއިކުރަން ދެކޮޅު ހެދި އެވެ. އޭގެ ފަހުން، ޕީއެސްޖީގެ ޖާޒީގައިވެސް އޭނާ ސޮއިކުރިއިރު، ދެ ވަނަ ފަހަރަށް ރެއާލްގެ ޖާޒީ ދިއްކުރުމުންވެސް ރާމޯސް ވަނީ އެ ޖާޒީގައި ސޮއިނުކުރާނެ ކަމަށް ބުނެފަ އެވެ.

އެ ކަމާ ގުޅޭގޮތުން ރާމޯސް ބުނީ އެ ވީޑިއޯގައި ފެންނަނީ އެއްބައިކަމަށާއި، އެންމެ ފަހުން ސަޕޯޓަރުން ދިއްކުރި ރެއާލްގެ ޖާޒީގެ ކުރިން ހަ ވަރަކަށް ޖާޒީގައި އޭނާ ސޮއިކުރިކަމަށެވެ.

އިތުރަށް ރެއާލްގެ ޖާޒީގައި އެ ވަގުތު ސޮއިނުކުރި ސަބަބަކީ ބައެއް މީހުން ޖާޒީތަކުގައި ކުޅުންތެރިންގެ ސޮއި ހޯދައި ނީލަމުގައި ބޮޑު އަގުގައި ވިއްކައި ވިޔަފާރިއަކަށް މިކަން ހަދާތީކަމަށެވެ.

އެނާ ބުނީ ރެއާލް އަކީ އަބަދުވެސް އޭނާގެ ހިތުގައި ޖާގަ ދެވިފައި އޮތް ހާއްސަ ކުލަބެއް ކަމަށާއި، ކުލަބުގެ ސަޕޯޓަރުންނަ ށްވެސް އަބަދުވެސް އޭނާ އިހުތިރާމްކުރާނެ ކަމަށެވެ.

ރާމޯސް ވަނީ ރެއާލްއާ އެކު ސްޕެނިޝް ލަލީގާ ފަސް ފަހަރު ހޯދައި ހަތަރު ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގުވެސް ހޯދައިފަ އެވެ. އޭނާގެ މިހާރުގެ ކުލަބު ސެވިއްޔާ އަށް ލީގުގައި އެކަށީގެންވާ ނަތީޖާތަކެއް ނުުނެރެވިގެން އުޅޭއިރު، އެ ކުލަބަށް ކުރިއަށް އޮތީ ފޯމުގައި އޮތް ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅޭ މެޗެވެ.