Advertisement

އަލަވޭސް އަތުން ބާސެލޯނާ ސަލާމަތް ކޮށްދިނީ ލެވަންޑޯސްކީ

13 ނޮވެންބަރު 2023 - 12:42 0


އަލަވޭސް އަތުން ބާސެލޯނާ ސަލާމަތް ކޮށްދިނީ ލެވަންޑޯސްކީ

13 ނޮވެންބަރު 2023 - 12:42 0

ބާސެލޯނާ (ނޮވެމްބަރު 13) - ރޮބާޓް ލެވަންޑޯސްކީގެ ދެ ގޯލާއިއެކު ސްޕެނިޝް ލަލީގާގައި އަލަވޭސް އަތުން ބާސެލޯނާ މޮޅުވެއްޖެ އެވެ.

ލަލީގާގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އާއި އަލަވޭސް ވާދަކުރި މެޗު ބާސެލޯނާ އިން ކާމިޔާބުކުރީ 2-1 އިންނެވެ. މި މޮޅާއިއެކު ބާސެލޯނާ އިން ވަނީ ދެވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެ ޕޮއިންޓަށް ކައިރިއަށް ޖެހިލާފަ އެވެ. ބާސެލޯނާ އަށް 30 ޕޮއިންޓް ލިބިފައިވާއިރު، ރެއާލް ދެވަނައިގައި އޮތީ 32 ޕޮއިންޓާއިއެކުގަ އެވެ. އެއްވަނައިގައި އޮތީ 34 ޕޮއިންޓާއިއެކު ޖިރޯނާ އެވެ.

އަލަވޭސް އަތުން ބާސެލޯނާ މޮޅުވި މެޗުގެ 16 ވަނަ ސިކުންތުގައި ގޯލު ޖަހައި އަލަވޭސް އިން ބާސެލޯނާ ސިއްސުވާލި އެވެ. މިޑްފިލްޑަރު ގުންޑޮގާން އަތުން ގެއްލުނު ބޯޅަ ހިފައިގެންގޮށް އަލަވޭސް އިން އުފެއްދި ހަމަލާއެއްގައި މި ގޯލު ޖަހައިދިނީ ސަމޫ އޮމޮރޮޑިއޯން އެވެ.

ފުރަތަމަ ހާފުގައި އަލަވޭސްގެ ލީޑު ފުޅާކުރަން ގިނަ ފުރުސަތުތަކެއް އެޓީމަށް ލިބުނެވެ. މިގޮތުން އޮމޮރޮޑިއޯން އަށް ހުސްކޮށް ލިބުނު ތިން ފުރުސަތުގައިވެސް އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ.

މަޑު މަޑުން ކުރިއަށް ޖެހިލައިގެން ކުޅެ ބާސެލޯނާ އިން ނަތިޖާ އަނބުރާލީ ދެވަނަ ހާފުގަ އެވެ. ޖޫލްސް ކޫންޑޭ ނަގައިދިން ހުރަހަކުން ލެވަންޑޯސްކީ ނަތީޖާ އެއްވަރުކޮށްދިންއިރު، މެޗުން މޮޅުވި ގޯލު އޭނާ ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.

ލަލީގާގައި ރޭ އެތުލެޓިކޯ މެޑްރިޑު ކުޅުނު މެޗު އެޓީމުންވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. ވިޔަރެއާލްއާ ވާދަކޮށް އެތުލެޓިކޯ މެޗު ކާމިޔާބުކުރީ 3-1 އިންނެވެ. ގެރާޑް މޮރޭނޯގެ ގޯލާއިއެކު މެޗުގެ ލީޑު ވިޔަރެއާލް އިން ނެގި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެލެކްސް ވިޓްސެލްގެ ގޯލާއިއެކު އެތުލެޓިކޯ އިން ނަތީޖާ ހަމަހަމަކުރި އެވެ. އެޓީމުން ލީޑު ނެގީ އޮންޓުއާން ގްރީޒްމަން ޖެހި ގޯލުންނެވެ. ފަހު ގޯލު ޖަހައިދިނީ ސެމިއެލް ލިނޯ އެވެ.

އެތުލެޓިކޯ އޮތީ ލަލީގާ ތާވަލްގެ ހަތަރުވަނައިގައި 28 ޕޮއިންޓާއިއެކުގަ އެވެ. ވިޔަރެއާލް އޮތީ 13 މެޗުން ލިބުނު 12 ޕޮއިންޓާއިއެކު ލީގުގެ 14 ވަނައިގަ އެވެ.