Advertisement

ރާއްޖެއިން ޝެންގެން ވިސާއަށް ހުށަހެޅޭ ގައުމުތަކުގެ ލިސްޓަށް ފްރާންސް އާއި ސްޕެއިން އާއި ޕޯޗުގަލް

13 ނޮވެންބަރު 2023 - 10:42 0

އަމަން ހަލީމް

އަމަން ހަލީމް

ވީއައިއޭގައި އިމިގްރޭޝަން ކައުންޓަރުތައް ހުންނަ ސަރަހައްދު: ޔޫރަޕު ގައުމުތަކަށް ވިސާ ހޯދަން ކުރިން ދާން ޖެހެނީ އަވައްޓެރި ގައުމުތަކަށް -- އަދަދު ފައިލް ފޮޓޯ


ރާއްޖެއިން ޝެންގެން ވިސާއަށް ހުށަހެޅޭ ގައުމުތަކުގެ ލިސްޓަށް ފްރާންސް އާއި ސްޕެއިން އާއި ޕޯޗުގަލް

13 ނޮވެންބަރު 2023 - 10:42 0

ފްރާންސާއި، ސްޕެއިން އަދި ޕޯޗުގަލްގެ ޝެންގެން ވިސާއަށް މާލޭގައި ހުންނަ ވީއެފްއެސް ގްލޯބަލް ޖޮއިންޓް ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރު (ވީއެފްއެސް މާލެ)އަށް ހުށަހެޅޭނެ އިންތިޒާމު އިއްޔެއިން ފެށިގެން ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީއެފްއެސް މާލެ ހުޅުވީ މާޗު 1، 2020 ގަ އެވެ. އޭގެ ކުރިން ޔޫރަޕުގެ ގައުމުތަކަށް ދާން ބޭނުންވާ ދިވެހިން ވިސާއަށް އެދެން ޖެހެނީ އަވައްޓެރި ލަންކާ ނޫނީ އިންޑިއާގައި ހުންނަ އެމްބަސީތަކާއި ވިސާ ސެންޓަރުތަކުގަ އެވެ.

ވީއެފްއެސް މާލެއިން ވިސާއަށް އެދެވޭ ގައުމުތަކުގެ ތެރޭގައި ހިމެނެނީ:

  • ސްވިޓްޒަލެންޑް
  • ބެލްޖިއަމް
  • ނެދަލެންޑްސް
  • ޕޮލެންޑު
  • ލަގްޒެމްބޯގު
  • ސްލޮވީނިއާ

ލިސްޓަށް އަލަށް އިތުރުކުރި ތިން ގައުމާ އެކީ މިހާރު ރާއްޖޭގައި ހުރެގެން ޔޫރަޕުގެ ނުވަ ގައުމެއްގެ ޝެންގެން ވިސާއަށް ހުށަހެޅެ އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ޔޫރަޕުގެ ގިނަ ގައުމުތަކަކަށް ރާއްޖެއިން ވިސާއަށް ހުށަހެޅޭނެ މަގުފަހި ވެގެން ދިއުމުން ޝެންގެން ވިސާ ހޯދަން އުފުލަންޖެހުނު ތަކުލީފުތައް ނައްތާލެވި، ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބުނެވެ.