Advertisement

ރެކޯޑު އަދަދަކަށް ޓޫރިސްޓުން އައި އޮކްޓޫބަރެއް

11 ނޮވެންބަރު 2023 - 21:44 0

އަމަން ހަލީމް

އަމަން ހަލީމް

ބ. ކަމަދޫގައި ޓޫރިސްޓުންތަކެއް މަގުމަތިން ހިނގާފައި ދަނީ: ޓޫރިސްޓުން އެންމެ ގިނައިން އަންނަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އޮތީ ރަޝިއާ، އިންޑިއާ، ޗައިނާ -- ފޮޓޯ/މުހައްމަދު ޝަހުޒާން


ރެކޯޑު އަދަދަކަށް ޓޫރިސްޓުން އައި އޮކްޓޫބަރެއް

11 ނޮވެންބަރު 2023 - 21:44 0

ނިމުނު އޮކްޓޫބަރު މަހަކީ މިހައިތަނަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތްކުރި އޮކްޓޫބަރު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުގައި އޮކްޓޫބަރުގައި 159،141 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. މިއީ އޭގެ ކުރިން އޮކްޓޫބަރުގެ ރެކޯޑު ހަދާފައިވާ މިދިޔަ އަހަރުގެ އޮކްޓޫބަރަށް ވުރެ 3.5 ޕަސެންޓު އިތުރު އަދަދެކެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމްގެ ހައިސީޒަން ދުވަސްވަރެވެ. މިހާރު ޓޫރިސްޓުން އަންނަ އަދަދުތަކަށް ބަލާއިރު، މި ހިނގާ ނޮވެމްބަރުގެ ފުރަތަމަ އަށް ދުވަހުގެ ތެރޭގައި ވެސް ޓޫރިސްޓުން އައި އަދަދު ހުރީ ކުރީ އަހަރުތަކަށް ވުރެ މަތީގަ އެވެ.

އެގޮތުން މި މަހުގެ މިހާތަނަށް 41،000އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާއިރު، މިހާރު ދުވާލަކު ޓޫރިސްޓޫން އަންނަ އަދަދަށް ޓޫރިސްޓުން އަންނަ ކަމުގައި ވަނީ ނަމަ މި މަހު ވެސް ރެކޯޑް އަދަދަކަށް ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވެ އެވެ.

2019-2023 އޮކްޓޫބަރުގައި ޒިޔާރަތްކުރި ޓޫރިސްޓުން

  • 2019 - 141،929
  • 2020 (ކޮވިޑު އަހަރު) - 21،520
  • 2021 - 142،066
  • 2022 - 153,737
  • 2023 - 159,141

ޓޫރިސްޓުން އަންނަ ގައުމުތަކަށް ބަލާއިރު، އަދިވެސް އެންމެ ކުރީގައި އޮޮތީ ރަޝިއާ އާއި އިންޑިއާ އާއި ޗައިނާ އެވެ. ގަދަ ފަހެއްގައި ދެން އޮތީ އިނގިރޭސިވިލާތާއި ޖަރުމަނެވެ.

މި އަހަރުގެ މިހާތަނަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 1.56 މިލިއަން އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 12.8 ޕަސެންޓު އިތުރު އަދަދެކެވެ.