Advertisement

މަހަށް ނިކުމެ އުޅުނު ދޯންޏެއް ބިންދައިގެންގޮސްފި

11 ނޮވެންބަރު 2023 - 13:17 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ގެމަނަފުށީ އޯކިޑު 707: ބިންދައިގެން ދިޔައިރު އެ ދޯނި އޮތީ ފުވައްމުލަކު ސިޓީއާ ދިމާ 20 މޭލު ބޭރުގައި


މަހަށް ނިކުމެ އުޅުނު ދޯންޏެއް ބިންދައިގެންގޮސްފި

11 ނޮވެންބަރު 2023 - 13:17 0

މަހަށް ނުކުމެ އުޅުނު ގއ. ގެމަނަފުށީ ދޯންޏެއް ބިންދައިގެން ގޮސްފި އެވެ.

އެނގިފައިވާ ގޮތުގައި ހާދިސާގައި މީހަކަށް ހާނީއްކައެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބިންދައިގެން ގޮސްފައި ވަނީ ގއ. ގެމަނަފުށީ އޯކިޑު 707 އެވެ. އެ ދޯނި އޮތީ ފުވައްމުލަކު ސިޓީއާ ދިމާލުން 20 މޭލު ބޭރުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯނި އޮތް ސަރަހައްދަށް ދަތުރުކުރުމަށް ދެ ގަޑިއިރު ހޭދަވާނެ އެވެ.

އޯކިޑު 707 ގެ ފަޅުވެރިއަކު "އަދަދު"އަށް ބުނީ ދޯނި ބިންދައިގެން ގޮސް ދެފަޅިވެފައި ވަނީ، ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ކަމަށެވެ. އޭނާ ބުނި ގޮތުގައި ސެޓުލައިޓު ފޯނުގެ އެހީގައި ކަމާބެހޭ ފަރާތްތަކާއި މުއާމަލާތުކުރެވެމުން އެބަ ގެންދެ އެވެ.

އޯކިޑު 707 އަކީ 111 ފޫޓުގެ ދޯންޏެކެވެ. ބިންދައިގެން ދިޔައިރު އޭގައި ތިބީ ކިތައް ފަޅުވެރިންކަމެއް ސާފުވެފައެއް ނުވެ އެވެ.