Advertisement

އަޅުގަނޑު އެދެނީ އާ ސަރުކާރަށް ކާމިޔާބީ: ރައީސް ސޯލިހު

11 ނޮވެންބަރު 2023 - 10:17 0

ހުސެއިން ފިޔާޒް މޫސާ

ހުސެއިން ފިޔާޒް މޫސާ

ރައީސް ސޯލިހު މިއަދު ގައުމާ މުހާތަބު ކުރެއްވި ވީޑިއޯ ހިތޯބު ރިކޯޑު ކުރެއްވިއިރު ނަގާފައިވާ ފޮޓޯއެއް. -- ފޮޓޯ: ރައީސް އޮފީސް


އަޅުގަނޑު އެދެނީ އާ ސަރުކާރަށް ކާމިޔާބީ: ރައީސް ސޯލިހު

11 ނޮވެންބަރު 2023 - 10:17 0

މި ނޮވެމްބަރު 17 ވަނަ ދުވަހު ހުވާ ކުރައްވައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ކާމިޔާބީ އަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑު އެދެނީ އާ ސަރުކާރަށް ކާމިޔާބީ. ރައްޔިތުންނަށް ސުލްހަވެރި އުފާވެރި އަމާން ދުވަސްތަކެއް. ދިވެހި ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު މިންވަރު ކުރެއްވުން،" މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހާ ގުޅިގެން އެ މަނިކުފާނު ދެއްވި ހިތާބުގައި ވިދާޅުވި އެވެ.

ސެޕްޓެމްބަރު 30 ގައި ބޭއްވި ރިޔާސީ އިންތިހާބު އާ ރައީސް މުއިއްޒު ކާމިޔާބު ކުރެއްވީ 54 ޕަސެންޓު ވޯޓުންނެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 46 ޕަސެންޓު ވޯޓެވެ.

އާ ރައީސް ހުވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާނީ އަންނަ ހުކުރު ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ. އެކަމަށްޓަކައި އެ މައިދާން ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އާ ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެ މަނިކުފާނު ކުރިޔަށް ގެންދަވާނީ އަދުލުވެރި، ސާފު ވެރިކަމެއް ކަމަށެވެ. އަދި ތަރައްގީ ބާރު ދުވެލީގައި ކުރިޔަށް ގެންދަވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ޖުމްހޫރީ ދުވަހުގެ ތަހުނިޔާގެ މެސެޖުގައި އިންތިހާބީ ރައީސް އިލްތިމާސް ކުރެއްވީ ޖުމްހޫރީ ވެރިކަމުގެ ފޮނިމީރުކަން ލިބިގަތުމަށްޓަކައި ރައްޔިތުންނާއި ސަރުކާރާ ގުޅިގެން، ގައުމު އިސްކޮށް އެންމެން އެކަތިގަނޑަކަށް ވުމަށެވެ.