Advertisement

އިސްކަންދަރު، ގިޔާސުއްދީން އަދި ހިރިޔާގެ ތިން ޓީމްވެސް ސެމީ އަށް

6 ނޮވެންބަރު 2023 - 10:10 0

މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އިސްކަންދަރު، ގިޔާސުއްދީން އަދި ހިރިޔާގެ ތިން ޓީމްވެސް ސެމީ އަށް

6 ނޮވެންބަރު 2023 - 10:10 0

މިހާރު ކުރިއަށްދާ 24 ވަނަ އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ ތިން އުމުރުފުރާއެއްގެ ފައިނަލުން އިސްކަންދަރު ސްކޫލް، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އަދި ހިރިޔާ ސްކޫލުން ޖާގަ ހޯދައިފި އެވެ.

މިމަހުގެ 27 އިން ނޮވެމްބަރު ހަތަކާ ހަމައަށް ކުރިއަށްދާ މުބާރާތުގައި 19 ސްކޫލަކުން 46 ޓީމް އަންނަނީ ވާދަކުރަމުންނެވެ. މިފަހަރުގެ މުބާރާތުގައި ވެސް ހަތަރު އުމުރުފުރާއެއް ކުރިއަށްދެ އެވެ. އެއީ، 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް، އަދި 19 އަހަރުން ދަށުގެ އުމުރުފުރާ އެވެ.

13 އަހަރުން ދަށުގެ ސެމީ ފައިނަލުން ޖާގަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން އިސްކަންދަރު، ގިޔާސުއްދީން، ހިރިޔާ އަދި ރެހެންދި ސްކޫލެވެ. މި ދެ ސެމީ ފައިނަލް މެޗުވެސް މިއަދު ހެނދުނު ކުޅޭނެ އެވެ.

މިބައިގެ ސެމީ ފައިނަލުން އިސްކަންދަރު ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ކަލާފާނު ސްކޫލް 29-15 އިން ބަލިކޮށްގެންނެވެ. ގިޔާސުއްދީނުން ވަނީ 36-27 އިން އިމާދުއްދީން ސްކޫލް ބަލިކޮށްފަ އެވެ. ހިރިޔާއިން ވަނީ ކުއާޓާ ފައިނަލުގައި ޖަމާލުއްދީން ސްކޫލް 24-14 އިން ބަލިކޮށްފަ އެވެ. ރެހެންދި މޮޅުވީ ތާޖުއްދީން އަތުން 17-13 އިންނެވެ.

15 އަހަރުން ދަށުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި އިސްކަންދަރު ނުކުންނާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ގިޔާސުއްދީނާ ދެކޮޅަށެވެ. ދެ ވަނަ ސެމީގައި ހިރިޔާ ނުކުންނާނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާ ދެކޮޅަށެވެ.

މި ބައިގެ ކުއާޓާ ފައިނަލް މެޗުތަކަށް ބަލާއިރު، އިސްކަންދަރުން ވަނީ 44-21 އިން ޖަމާލުއްދީން ސްކޫލް ބަލިކޮށްފަ އެވެ. ގިޔާސުއްދީން ފަސޭހަކަމާއިއެކު 40-15ގެ ސްކޯއަކުން ރެހެންދި ބަލިކުރިއިރު، ހިރިޔައިންވަނީ ތާޖުއްދީން ސްކޫލް 32-14 އިން ބަލިކޮށްފަ އެވެ. އަހުމަދިއްޔާ ސެމީގެ ޖާގަ ހޯދީ ސެމީ ފައިނަލުގައި ކަލާފާނު ސްކޫލް 23-21 އިން ބަލިކޮށްގެންނެވެ.

17 އަހަރުން ދަށަށް ބަލާއިރު، މި ބައިގެ އެންމެ ފަހުގެ ޗެމްޕިއަން ތާޖުއްދީން ވަނީ ގްރޫޕް ސްޓޭޖުން ކަޓާފަ އެވެ. ސެމީ ފައިނަލުގައި އާމިނިއްޔާ ނުކުންނާނީ އިސްކަންދަރާ ދެކޮޅަށެވެ. ފަހު ސެމީގައި ހިރިޔާއިން ނުކުންނާނީ ގިޔާސުއްދީނާ ދެކޮޅަށެވެ.

13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށުގެ ސެމީ ފައިނަލު މެޗުތަކުގެ އިތުރުން 19 އަހަރުން ދަށުގެ ފައިނަލް މެޗުވެސް މިއަދު ކުޅޭނެ އެވެ. 19 އަހަރުން ދަށުގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ވިލާ އިންޓަނޭޝަނަލް ހައި ސްކޫޅުން ނުކުންނާނީ ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އާ ދެކޮޅަށެވެ.