Advertisement

ކެޔޮދޫ ސްކޫލް ބަލިކޮށް ފ. އަތޮޅު މަދަރުސާއިން ޗެމްޕިއަންކަން ހޯދައިފި

1 ނޮވެންބަރު 2023 - 13:09 0

އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ތަށި ހޯދި ފ. އަތޮޅު މަދަރުސާގެ ޓީމް - ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ކެޔޮދޫ ސްކޫލް ބަލިކޮށް ފ. އަތޮޅު މަދަރުސާއިން ޗެމްޕިއަންކަން ހޯދައިފި

1 ނޮވެންބަރު 2023 - 13:09 0

މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ފ. އަތޮޅު މަދަރުސާ އިން ދިފާއުކޮށްފި އެވެ.

ފ. އަތޮޅު މަދަރުސާ އިން 19 ސްކޫލަކުން ވާދަކުރަމުން އަންނަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ވ. ކެޔޮދޫ ސްކޫލް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް އެޓީމުން ގެންދިޔައީ 25-7، 25-19، 25-15 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ސްކޫލުގެ އަލޫފް އަބްދުﷲ އެވެ.

މި އުމުފުރާގެ ޑްރީމް ޓީމްގައި ހިމެނުނީ ޑްރީމް ޓީމުގައި ހިމެނެނީ ޗެމްޕިއަން ފ. އަތޮޅު މަދަރުސާގެ އަލޫފް ، ޔޫސުފް ހުސައިން، އަކުމަލް، އީކާން އަބްދުލް ގައްފާރުގެ އިތުރުން، ކެޔޮދޫ ސްކޫލުގެ އަންމާރު ބިން އަހުމަދު، މުހައްމަދު ރައިހާން ރަޝީދު އަދި އާދަމް އިދުރީސް އެވެ. އެންމެ މޮޅު ކޯޗަކީ ފ. އަތޮޅު މަދަރުސާގެ ކޯޗު އަލީ ޒާހިރެވެ.

އެންމެ ފަހުން އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް 2019 ވަނަ އަހަރު ބޭއްވިއިރު، އެފަހަރުވެސް 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ތަށި ހޯދީ ފ. އަތޮޅު މަދަރުސާގެ ޓީމެވެ.

14 އަހަރުން ދަށުގެ ފިރިހެން ބައިގައި މިއަހަރު ވާދަކުރީ ފަސް ސްކޫލަކުންނެވެ. ލީގު ބުރުގެ އެއްވަނަ ހޯދައި ފ. އަތޮޅު މަދަރުސާ ފައިނަލުން ޖާގަ ހޯދިއިރު، ސެމީ ފައިނަލުން ފުރުސަތު ހޯދީ ކެޔޮދޫ ސްކޫލާއި މުހިއްދީން ސްކޫލެވެ. ސެމީ ފައިނަލުން ބަލިވި މުހިއްދީނަށް ލިބުނީ މި ބައިގެ ތިންވަނަ އެވެ.

ފ. އަތޮޅު މަދަރުސާ އާއި ކެޔޮދޫ ސްކޫލް ވާދަކުރި 14 އަހަރުން ދަށުގެ ފިރިހެން ފައިނަލް މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ސްކޫލް ވޮލީބޯޅަ މުބާރާތުގެ 14 އަހަރުން ދަށާއި، 16 އަހަރުން ދަށުގެ ތިންވަނަ ހޮވާ މެޗުތައްވެސް އިއްޔެ ވަނީ ކުޅެފަ އެވެ.

14 އަހަރުން ދަށުގެ އަންހެން ބައިގެ ތިން ވަނަ ހޯދީ ކެޔޮދޫ ސްކޫލެވެ. އެޓީމުން ވަނީ ތިންވަނަ ހޮވަން ކުޅުނު މެޗުގައި ސީދާ ތިން ސެޓުން ތާޖުއްދީން ސްކޫލް ބަލިކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ކެޔޮދޫ ސްކޫލުގެ އައިޝަތު އަޒްކާ މުހައްމަދު ނާޝިދު އެވެ.

16 އަހަރުން ދަށުގެ އަންހެން ބައިގެ ތިން ވަނަ ހޯދީ ކެޔޮދޫ ސްކޫލެވެ. އެޓީމުން ވަނީ ތިންވަނަ ހޮވަން ކުޅުނު މެޗުގައި ސީދާ ތިން ސެޓުން އިމާދުއްދީން ސްކޫލް ބަލިކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކެޔޮދޫ ސްކޫލުގެ އައިޝަތު އާނީ މުހައްމަދު ނާޝިދު އެވެ.

16 އަހަރުން ދަށުގެ ފިރިހެން ބައިގެ ތިންވަނަ ހޯދީ ފ. އަތޮޅު މަދަރުސާ އެވެ. އެޓީމުން ވަނީ ތިން ވަނަ ހޮވަން ކުޅުނު މެޗުގައި ކެޔޮދޫ ސްކޫލް 3-1 ސެޓުން ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފ. އަތޮޅު ސްކޫލުގެ އަޒާން ފަތުހުﷲ އެވެ.

އިންޓަ ސްކޫލް މުބާރައތުަގއި މިއަދު ކުޅޭ ފައިނަލް މެޗުތަކަށްފަހު ސީނިއާ އުމުރުފުރާކަމަށްވާ 19 އަހަރުން ދަށުގެ މާދަމާ ފަށާނެ އެވެ. 19 އަހަރުން ދަށުގެ ފިރިހެން ބައިގައި މިފަހަރު ހަ ސްކޫލަކުން ވާދަކުރާނެ އެވެ. އަދި އަންހެން ބައިގައި ތިން ސްކޫލަކުން ވާދަކުރެ އެވެ.