31 އޮކްޓޯބަރު 2023 - 13:39 0
31 އޮކްޓޯބަރު 2023 - 13:39 0
މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ތިން ބައެއްގެ ފައިނަލުން ފ. އަތޮޅު މަދަރުސާއިން ޖާގަ ހޯދިއިރު، އދ. ކުނބުރުދޫ ސްކޫލުން ދެ ބައެއްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
19 ސްކޫލާއިއެކު ފެށި އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ހުރިހާ ކެޓަގަރީއެއްގެ ފައިނަލުގައި ވެސް ވާދަކުރަނީ މާލެއިން ބޭރުގެ ސްކޫލުތަކެވެ. އެގޮތުން, އެންމެ ގިނަ ޓީމު ވާދަކުރަމުން އަންނަ ފ. އަތޮޅު މަދަރުސާގެ ތިން ޓިމެއް ވަނީ ފައިނަލުން ފުރުސަތު ހޯދާފަ އެވެ.
ފ. ފީއަލީގެ ފ. އަތޮޅު މަދަރުސާއިން ވަނީ 14 އަަހަރުން ދަށުގެ ފިރިހެން ބައިގެ ފައިނަލާއި، 14 އަހަރުން ދަށުގެ އަންހެން ފައިނަލްގެ އިތުރުން 16 އަހަރުން ދަށުގެ އަންހެން ބައިގެ ފައިނަލުންވެސް ފުރުސަތު ހޯދާފަ އެވެ. އެޓީމަށް ގެއްލުނު ހަމައެކަނި ފައިނަލަކީ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ފައިނަލެވެ.
ކުނބުރުދޫ ސްކޫލުން ޖާގަ ހޯދީ 16 އަހަރުން ދަށުގެ ފިރިހެން ބަޔާއި، 16 އަހަރުން ދަށުގެ އަންހެން ބައިގެ ފައިނަލުންނެވެ.
14 އަހަރުން ދަށުގެ ފިރިހެން ފައިނަލުގައި ފ. އަތޮޅު މަދަރުސާ ނުކުންނާނީ ކެޔޮދޫ ސްކޫލާ ދެކޮޅަށެވެ. 14 އަހަރުން ދަށުގެ އަންހެން ފައިނަލުގައި ފ. އަތޮޅު މަދަރުސާ ނުކުންނާނީ ތ. މަޑިފުށި ސްކޫލާ ދެކޮޅަށެވެ.
16 އަހަރުން ދަށުގެ އަންހެން ބައިގެ ފައިނަލުގައި ފ. އަތޮޅު މަދަރުސާ އާއި ކުނބުރުދޫ ވާދަކުރާއިރު، ފިރިހެން ފައިނަލުގައި ކުނބުރުދޫ ސްކޫލް ނުކުންނާނީ އދ. އަތޮޅު މަދަރުސާއާ ދެކޮޅަށެވެ.
މުބާރާތުގައި މިއަދު ހަވީރު ދެ އުމުރުފާގެވެސް ތިންވަނަ ހޮވާ މެޗުތައް ކުޅޭނެ އެވެ. 14 އަހަރުން ދަށުގެ އަންހެން ބައިގެ ތިންވަނަ ހޮވާ މެޗުގައި ކެޔޮދޫ ސްކޫލް ނުކުންނާނީ ތާޖުއްދީން ސްކޫލާ ދެކޮޅަށެވެ. 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ތިންވަނަ ހޮވާ މެޗުގައި ކެޔޮދޫ ސްކޫލް ނުކުންނާނީ ފ. އަތޮޅު މަދަރުސާ އާ ދެކޮޅަށެވެ. އަދި މި އުމުރުފާގެ އަންހެން ތިންވަނަ ހޮވާ މެޗުގައި އިމާދުއްދީން ސްކޫލުން ނުކުންނާނީ ކެޔޮދޫ ސްކޫލާ ދެކޮޅަށެވެ.
Comment