Advertisement

ހައިކޯޓުގެ ފަނޑިޔާރު ޝަކީލު ރިޓަޔާކުރައްވަން ހުށަހަޅުއްވައިފި

30 އޮކްޓޯބަރު 2023 - 12:28 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ފަނޑިޔާރު ޝަކީލު؛ ފަނޑިޔާރު ކަމުން ރިޓަޔާ ކުރައްވަން ޖޭއެސްސީގައި އެދިވަޑައިގެންފި


ހައިކޯޓުގެ ފަނޑިޔާރު ޝަކީލު ރިޓަޔާކުރައްވަން ހުށަހަޅުއްވައިފި

30 އޮކްޓޯބަރު 2023 - 12:28 1

ހައިކޯޓުގެ ފަނޑިޔާރު އަހުމަދު ޝަކީލު ރިޓަޔާ ކުރައްވަން ހުށަހަޅުއްވައިފި އެވެ.

މި އަހަރުގެ މާޗު މަހު ހައިކޯޓު ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ފަނޑިޔާރު ޝަކީލު ރިޓަޔާ ކުރައްވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާފައިވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ނަމަވެސް އެ ހުށަހެޅުމާމެދު އަދި ގޮތެއް ނިންމަ އެވެ.

ޖޭއެސްސީގެ ބައްދަލުވުމެއް މާދަމާ ބާއްވާކަން މި ނޫހަށް ވަނީ އެނގިފަ އެވެ. ކޮމިޝަނުން ނިންމަން ޖެހޭ މާ ގިނަ މައްސަލަތަކެއް މިހާރު ނެތްއިރު، އެ ބައްދަލުވުމުގައި ފަނޑިޔާރު ޝަކީލު ރިޓަޔާކުރެއްވުމުގެ މައްސަލައަށް ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން އެ ކޮމިޝަންގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

ފަނޑިޔާރު ޝަކީލު ޝަރުއީ ދާއިރާއާ ގުޅިވަޑައިގަތީ މާޗު 23، 2003 ގަ އެވެ. މިދިޔަ 20 އަހަރު ތެރޭގައި އެމަނިކުފާނު ވަނީ އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި، ޖުވެނައިލް ކޯޓާއި ފެމިލީ ކޯޓާއި ކްރިމިނަލް ކޯޓުގައި ގާޒީއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.

އެމްއެމްޕީއަރުސީން ވިއްކާލި ވ. އާރަށުގެ މައްސަލައިގެ މުއާމަލާތުގައި ހިޔާނާތާއި މަނީ ލޯންޑަކުރި ދައުވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެގެން، އެ މަނިކުފާނު 11 އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމް އިއްވީ އެ މައްސަލަ ބެއްލެވި ކްރިމަނަލް ކޯޓުގެ އިސް ގާޒީ ޝަކީލެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ޔާމީނަށް ގެއްލިގެން ދިޔައީ އެ ހުކުމްގެ ސަބަބުންނެވެ.