Advertisement

ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ޕީއެންސީއަށް

29 އޮކްޓޯބަރު 2023 - 15:42 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ތުލުސްދޫ ދާއިރާގެ މެންބަރު، އިބްރާހިމް ނަސީމް ޕީއެންސީއަށް ސޮއި ކުރެއްވުމަށްފަހު ނަންގަވާފައިވާ ފޮޓޯއެއް ފޮޓޯ: ސޯޝަލް މީޑިއާ


ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ޕީއެންސީއަށް

29 އޮކްޓޯބަރު 2023 - 15:42 0

ތުލުސްދޫ ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ނަސީމް ޕީއެންސީއަށް ސޮއި ކުރައްވައިފި އެވެ.

އިބްރާހިމް ނަސީމް ޕީއެންސީއަށް ސޮއި ކުރެއްވިކަން އިއުލާނު ކުރީ ޕީޕީއެމްއިން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ޕީޕީއެމުން ވަނީ އިބްރާހިމް ނަސީމްއަށް މަރުހަބާ ކިޔައިފަ އެވެ.

އިބްރާހިމް ނަސީމް މަޖިލީހަށް އިންތިހާބުވެވަޑައިގަތީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. މިވަގުތާ ހަމައަށް ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވީ ވެސް އެގޮތުގައި ހުންނަވައިގެންނެވެ.

އިބްރާހިމް ނަސީމް ޕީއެންސީއާ ގުޅިގަވަޑައިގަތުމާ އެކު މަޖިލީހުގައި ޕީޕީއެމް/ޕީއެންސީ ތަމްސީލު ކުރައްވާ މެންބަރުންގެ އަދަދު ވަނީ ނުވައަކަށް އަރައިފަ އެވެ.

ރިޔާސީ އިންތިހާބުގެ ފޯރިއާ އެކު މަޖިލިސް މެންބަރުންގެ މެދުގައި އަނެއްކާވެސް ވަނީ ޕާޓީ ބަދަލު ކުރުމުގެ ރޫހެއް އާލާވެފަ އެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ މެދުތެރެއިން ލ. ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު މޫސާ ސިރާޖު ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.

އިބްރަހިމް ނަސީމް ޕީއެންސީއާ ގުޅިވަޑައިގެންނެވިއިރު، މީގެ ކުރިން، ރިޔާސީ ކެމްޕެއިނުގެ ތެރޭގައި "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އިންތިހާބީ ރައީސް، ޑރ. މުއިއްޒު ވަނީ އިންތިހާބަށްފަހު ޕީއެންސީ ބޮޑުވެ، ވަރުގަދަ ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.