28 އޮކްޓޯބަރު 2023 - 12:17 0
މުހައްމަދު ޝަހްޒާން
28 އޮކްޓޯބަރު 2023 - 12:17 0
ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް "އިންސާނިއްޔަތަށްޓަކައި" ގެ ނަމުގައި ދިވެހި ފަންނާނުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގެ ފިލްމީ ދުނިޔޭގައި ބޮލޮކްބަސްޓާގެ ދަރަޖަ ހޯދާފައިވާ ފަތިސްހަނދުވަރާއި އަމާނާތް ހިމެނޭހެން ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ގިނަ ފިލްމުތަކެއް އޮލިމްޕަހުގައި އަލުން އެޅުވުމަށް ފިލްމު އެސޯސިއޭޝަނުން ތައްޔާރުވެއްޖެ އެވެ.
މާދަމާ ރެއިން ފެށިގެން މިމަހުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ ފިލްމު ފެސްޓިވަލުގެ ޓިކެޓުތައް މިއަދު އެ އެސޯސިއޭޝަނުގެ ފަރާތުން އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދާ ކުޑަކުދިންގެ ހަވީރުގައި ވިއްކަން ފަށާނެ ކަމަށް ފިލްމް އެސޯސިއޭޝަނުގެ ވައިސް ޗެއާ، އާމިރާ އިސްމާއިލް ވިދާޅުވި އެވެ.
"ކޮންމެ ފިލްމެއްގެ ވެސް ޓިކެޓުގެ އަގު ފެށޭނީ 100ރ. އިން، އެ ބޭފުޅަކު ބޭނުންފުޅު ނަމަ އެއަށްވުރެ ބޮޑުކޮށް ވެސް ގަނެވިދާނެ، މި ހަރަކާތްތަކުން ލިބޭ ހުރިހާ ފައިސާއެއް އަޅުގަނޑުމެން ހަދިޔާ ކުރާނީ އައިއޭސީއަށް،" އާމިރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަންނާނުންނާ އެކު މިއަދު އަޓިފިޝަލް ބީޗުގައި ޓިކެޓު ވިއްކުމަށްފަހު މާދަމާއިން ފެށިގެން ޓިކެޓު ވިއްކުމުގެ ކަންކަން ކުރިއަށް ގެންދާނީ އޮލިމްޕަހުގައި ހުންނަ ޓިކެޓު ކައުންޓަރުން ކަމަށެވެ.
އޮކްޓޯބަރު 29:
އޮކްޓޫބަރު 30:
އޮކްޓޫބަރު 31:
ފިލްމު ފެސްޓިވަލުގެ އިތުރުން މިއަދު ހަވީރު 4:00 އިން 6:00 އަށ އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކުޑަކުދިންގެ ހަވީރުގައި ވެސް ތަފާތު ހަރަކާތްތަކެއް ރޭވިފައިވާ ކަމަށް އާމިރާ ވިދާޅުވި އެވެ. އެގޮތުން ކުޑަކުދިންގެ މެދުގައި މަގުބޫލު ދިވެހި ކްރެކްޓާސްތަކުގެ ކޮސްޓިއުމާއެކު ފަންނާނުން އެތަނުގައި ހަރަކާތްތެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހައިތަނަށް ހެދިފައި ހުރި ފިލްމުތަކުގައި މަޝްހޫރުވި ކެރެކްޓާސްގެ ކޮސްޓިއުމްތަކުގައި ފަންނާނުން ހަރަކާތްތެރިވާނެ، އެކިކަހަލަ ކުޅިވަރުތައް ކުޅެވޭނެ ކަހަލަ ސްޓޯލްތައް ހުންނާނެ، އަދި ޖަމްބޯ ސޭލެއް ވެސް އެތަނުގައި އެވަގުތު ކުރިއަށް ދާނެ،" އާމިރާ ވިދާޅުވި އެވެ.
މި ހަރަކާތްތަކުގެ އިތުރުން މަސްރޭހަކާއި އާންމު ރައްޔިތުންގެ ގޭގެއަށް ފަންނާނުން ގޮސް ތަފާތު މަސައްކަތްތައް ކޮށްދީގެން ފައިސާ ހޯދުމުގެ ހަރަކާތްތަކެއް ވެސް ރޭވިފައިވާ ކަމަށް އާމިރާ ވިދާޅުވި އެވެ. އެ ހަރަކާތްތަކުން ލިބޭ ހުރިހާ ފައިސާއެއް އައިއޭސީއާ ހަވާލު ކުރާނީ އެކަމަށް ހާއްސަކޮށް ޓީވީން ގެނެސްދޭން ހާއްސަ ޕްރޮގުރާމެއްގައި ކަމަށް އާމިރާ ވިދާޅުވި އެވެ.
Comment