Advertisement

ކްރައުން އެންޑް ޗަމްޕާއިން ޅ. އަތޮޅުގައި އާ ރިސޯޓެއް ހުޅުވައިފި

29 އޮކްޓޯބަރު 2023 - 11:31 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ޖާވާކަރަ އައިލެންޑްސް މޯލްޑިވްސް -- ފޮޓޯ: ކްރައުން އެންޑް ޗަމްޕާ


ކްރައުން އެންޑް ޗަމްޕާއިން ޅ. އަތޮޅުގައި އާ ރިސޯޓެއް ހުޅުވައިފި

29 އޮކްޓޯބަރު 2023 - 11:31 0

ޅ. މާބިންހުރާ އަދި ދެރުށް ފިނޮޅު ފާލަމަކުން ގުޅާލައިގެން ކްރައުން އެންޑް ޗަމްޕާއިން ތަރައްގީކޮށްފައިވާ "ޖާވާކަރަ އައިލެންޑްސް މޯލްޑިވްސް" ރިސޯޓު މިދިޔަ ހަފުތާގައި ހުޅުވައިފި އެވެ.

ހަތް ސަތޭކަ މީޓަރުގެ ފާލަމަކުން ދެ ރަށް ގުޅާލައިގެން އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ މި ރިސޯޓުގައި ޖުމްލަ 290 ވިލާ ހިމެނޭއިރު، އޭގެ ތެރެއިން 202 ވިލާ ހުންނަނީ މާބިންހުރާގަ އެވެ. ދެ ރުއްފިނޮޅުގައި 88 ވިލާ ހުންނައިރު އެއީ، 110 ބީޗު ވިލާ، 90 ބީޗް ޕޫލް ވިލާ އަދި 70 ވޯޓާ ޕޫލް ވިލާ އެވެ.

މާބިންހުރައިގެ ދިގުމިނުގައި 1،400 މީޓަރު އަދި ފުޅާ މިނުގައި 300 މީޓަރު ހުރެ އެވެ. ދެ ރުށްފިނޮޅުގެ ދިގުމިނަކީ ގާތްގަޑަކަށް 450 މީޓަރެވެ. އަދި އެ ރަށަކީ 150 މީޓަރު ފުޅާ ރަށެކެވެ.

ޖާވާކަރަ އައިލެންޑްސް މޯލްޑިވްސް -- ފޮޓޯ: ކްރައުން އެންޑް ޗަމްޕާ


ޖާވާކަރައިގައި ހަ ރެސްޓޯރެންޓާއި ހަ ބާ އަދި ދެ ސްޕާގެ ހިދުމަތް ފަތުރުވެރިންނަށް ތަޖުރިބާކޮށްލެވޭނެ އެވެ. އަދި ކުޑަކުދިންނަށް ހާއްސަ ކިޑްސް ކްލަބެއްގެ އިތުރުން ދެ އިންފިނިޓީ ޕޫލް މި ރިސޯޓުގައި ހުރެ އެވެ.

މީގެ އިތުރުން ވޯޓާ ސްޕޯޓްސްގެ ތަފާތު ކުޅިވަރުން ފެށިގެން ފުޓްސަލް، ބެޑްމިންޓަން، ޓެނިސް އަދި ވޮލީ ފަދަ ކުޅިވަރުތަކަށް ހާއްސަ ކޯޓުތައް މި ރިސޯޓުގައި ވަނީ ތަރައްގީކޮށްފަ އެވެ.

ޖާވާކަރަ އައިލެންޑްސް މޯލްޑިވްސް -- ފޮޓޯ: ކްރައުން އެންޑް ޗަމްޕާ


ސްޕީޑް ލޯންޗް އަދި ސީޕްލޭންގައި ވެސް މި ރިސޯޓަށް ދެވޭނެ އެވެ. އެގޮތުން މަޑިވަރު ޑޮމެސްޓިކް އެއާޕޯޓުން ފުރައިގެން ސްޕީޑު ލޯންޗުގައި 40 މިނެޓުން މި ރިސޯޓަށް ދެވޭއިރު، ވީއައިއޭއިން ފުރައިގެން ސީޕްލޭންގައި ޖާވާކަރައަށް ދާން ނަގާނީ 35 މިނެޓެވެ.

ޖާވާކަރަ އައިލެންޑްސް މޯލްޑިވްސްއަކީ ކްރައުން އެންޑް ޗަމްޕާއިން ޅ. އަތޮޅުގައި ހުޅިވި ހަ ވަނަ ރިސޯޓެވެ. އަދި ރާއްޖޭގައި ހުޅުވި 11 ވަނަ ރިސޯޓެވެ.

މި ލަގްޒަރީ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް މި ލިންކު މެދުވެރިކޮށް ރިޒަވޭޝަން ހެއްދޭނެ އެވެ.