Advertisement

މި މަހުގެ ނިޔަލަށް 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ!

22 އޮކްޓޯބަރު 2023 - 11:11 0

އަހުމަދު ސައީދު

އަހުމަދު ސައީދު

ރާއްޖެ އައި ޓޫރިސްޓުން ތަކެއް ވެލާނާ އިންޓަނެޝަނަލް އެއާޕޯޓުގައި: ދުވާލަކު 4،700 އަށްވުރެ ގިނަ ޓޫރިސްޓުން މިހާރު ރާއްޖެ އާދޭ -- އަދަދު ފައިލް ފޮޓޯ


މި މަހުގެ ނިޔަލަށް 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ!

22 އޮކްޓޯބަރު 2023 - 11:11 0

މި މަހުގެ ނިޔަލަށް 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިހާރު ދުވާލަކު އެވަރެޖުކޮށް 4،900 އަށްވުރެ ގިނަ ޓޫރިސްޓުން އަންނަ އިރު، އިއްޔެގެ ނިޔަލަށް 1،464،340 ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށެވެ. އެހެން ކަމުން 1.5 މިލިއަން ހަމަކުރުމުމަށް އިތުރަށް ބޭނުން ވަނީ 35،660 ޓޫރިސްޓުންނެވެ.

"އުއްމީދު މި ކުރަނީ މި މަހުގެ ނިޔަލަށް 1،515،000 އަށް ވުރެ އިތުރުވާނެ ކަަމަށް،" ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 153،737 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު، މި މަހުގެ މިހާތަނަށް 103،292 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. ޓޫރިޒަމް މިނިސްޓްރީން އަންދާޒާ ކުރަނީ މި އަހަރުގެ ނިޔަލަށް ރާއްޖެ އަށް 1.8 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ.

ރާއްޖެ އަންނަ ޓޫރިސްޓުންގެ އެންމެ ބޮޑު ޕަސެންޓެއް ހިއްސާ ކުރަނީ ރަޝިޔާ އެވެ. އެއީ 11.4 ޕަސެންޓެވެ. ދެވަނަ އަދި ތިން ވަނާގައި އުޅޭ ޗައިނާ އާ އިންޑިޔާ ހިއްސާ ކުރަނީ 10.9 ޕަސެންޓެވެ.

ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް ރަޖިސްޓްރީ ކޮށްފައިވާ 1،267 ތަނެއްގައި 62،870 އެނދު ހިންގަމުން ގެންދެ އެވެ. އޭގެ ތެރެއިން 68 ޕަސެންޓަކީ ރިސޯޓް ތަކުގައި ރަޖިސްޓްރީ ކޮށްފައިވާ އެނދެވެ.