Advertisement

ފަލަސްތީނު ޔޫޒަރުންގެ އިންސްޓަ ބަޔޯއަށް "ޓެރަރިސްޓް" ލެވުނީތީ މެޓައިން މައާފަށް އެދެފި

23 އޮކްޓޯބަރު 2023 - 08:09 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

ފަލަސްތީނާ އެއްކޮޅަށް އަޑު އުފުލާ ފަރާތްތަކުގެ ކޮންޓެންޓް ދެއްކުމުގައި، މެޓައިން ބޮޑެތި ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް ގިނަބަޔަކު ތުހުމަތުކުރޭ


ފަލަސްތީނު ޔޫޒަރުންގެ އިންސްޓަ ބަޔޯއަށް "ޓެރަރިސްޓް" ލެވުނީތީ މެޓައިން މައާފަށް އެދެފި

23 އޮކްޓޯބަރު 2023 - 08:09 0

ފަލަސްތީނު ރައްޔިތުން ކަމަށް އިންސްޓަގްރާމްގައި ބުނެފައިވާ ބައެއް ޔޫޒަރުންގެ އެކައުންޓްތަކުގެ ބަޔޯ އަށް "ޓެރަރިސްޓް" އިތުރުކުރުމަށް ފަހު، އެ ޕްލެޓްފޯމްގެ މައި ކުންފުނި މެޓަ އިން އެކަމަށް މައާފަށް އެދިއްޖެ އެވެ.

މެޓަ އިން ބުނެފައިވަނީ އެފަދައިން ކަން ހިނގާފައިވަނީ އަރަބި ބަހުން ލިޔެފައިވާ ބައެއް ލިޔުން ތަރުޖަމާކުރުމުގައި ދިމާވި މައްސަލައަކުން ކަމަށެވެ. އަދި އެކަމަށް ހުރިހާ ޔޫޒަރުންގެ ފަރާތުން މައާފަށް އެދޭ ކަމަށް ބުނެފައިވެ އެވެ.

އެކްސްއަށް ހިއްސާކޮށްފައިވާ ޕޯސްޓަކުން ފެންނަ ގޮތުގައި ޔޫޒަރެއްގެ ބަޔޯގައި، އިނގެރޭސިން "ޕަލަސްތީނިއަން" އަދި އަރަބިން "އަލްހަމްދުލިﷲ" ޖަހާފައި އިނދެ އެވެ. ނަމަވެސް ތިރީގައިވާ "ޓްރާންސްލޭޓް ޓު އިންގްލިޝް" ފިތަށް ފިތާލުމުން ފެންނަނީ "ޕަލަސްތީނިއަން ޓެރަރިސްޓްސް، ޕްރެއިސް ބީ ޓު ގޮޑް" މިފަދައިންނެވެ.

އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއް


މިއީ މި ހަނގުރާމާގައި ވަކި ފަރާތަކަށް އިސްކަންދިނުމަށް ގަސްތުގައި ކުރިކަމެއް ކަމަށް މެޓައިން އިންކާރުކުރެ އެވެ.

ނަމަވެސް އިޒްރޭލުން ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ ހަމަލާތަކާއި ދެކޮޅަށް އަޑު އުފުލާ ފަރާތްތަކުގެ ކޮންޓެންޓް ދެއްކުމުގައި، މެޓައިން ބޮޑެތި ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް ގިނަބަޔަކު ތުހުމަތުކުރެ އެވެ. އެގޮތުން އެފަދަ ކޮންޓެންޓް "ޝެޑޯ ބޭން" ކޮށްފައިވާ ކަމަށް ބުނެ އެވެ.

މިއީ ވަކި ޔޫޒަރެއްގެ ކޮންޓެންޓް އެހެން ޔޫޒަރުންގެ ފީޑަށް ނުފެންނަ ފަދަ ގޮތަކަށް ޕްލެޓްފޯމް އަމަލުކުރުމެވެ. އެގޮތުން އާންމުކޮށް ލާ ސްޓޯރީތަކުގެ ވިއުސް އާ އަޅާބަލާއިރު ފަލަސްތީނާ ގުޅޭ ސްޓޯރީތަކުގެ ވިއުސް އެތައް ގުނައެއް މަދުކަން ފާހަގަވަމުންދާކަމަށް ވެސް ބައެއް ޔޫޒަރުން ބުނެފައިވެ އެވެ.