Advertisement

މަނާ ބޭހަށް ޕޮސިޓިވްވުމުން އާޖެންޓީނާގެ ޕާޕޫ ގޯމޭޒް ދެ އަހަރަށް ސަސްޕެންޑްކޮށްފި

21 އޮކްޓޯބަރު 2023 - 08:19 0


މަނާ ބޭހަށް ޕޮސިޓިވްވުމުން އާޖެންޓީނާގެ ޕާޕޫ ގޯމޭޒް ދެ އަހަރަށް ސަސްޕެންޑްކޮށްފި

21 އޮކްޓޯބަރު 2023 - 08:19 0

މިލާން (އޮކްޓޫބަރު 21) - މިދިޔަ އަހަރު އޮތް ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާގެ ސްކޮޑުގައި ހިމެނުނު މިޑްފީލްޑަރު ޕާޕޫ ގޯމޭޒް މަނާ ބޭހަށް ޕޮޒިޓިވްވުމާ އެކު، ފީފާ އިން އޭނާ ދެ އަހަރަށް ސަސްޕެންޑްކޮށްފި އެވެ.

ޕާޕޫ ،35، މިހާރު ކުޅެމުންދާ އިޓަލީގެ މޮންޒާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަނާ ބޭހަކަށް ޕޮޒިޓިވްވެ، ޕާޕޫ ދެ އަހަރަށް ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށް ފީފާ އިން އެ ކްލަބަށް އަންގާފައިވާ ކަމަށެވެ.

ޕާޕޫ މަނާ ބޭހަށް ޕޮޒިޓިވްވީ ގަތަރުގައި މިދިޔަ އަހަރު ކުޅުނު ވޯލްޑް ކަޕްގެ ކުރިން ހެދި ޓެސްޓަކުންނެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޕާޕޫ ޑޯޕިން ޓެސްޓް ހެދިއިރު، އޭނާ ކުޅެމުންދިޔައީ ސްޕެއިންގެ ސެވިއްޔާ އަށެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި މަނާ ބޭހަށް ޕޮޒިޓިވްވެފައިވާކަން ޔުއޭފާ އިން އެންގުމާ އެކު، ޕާޕޫ އާއި ސެވިއްޔާ އަށް އޮތީ އެކަން އެނގިފަ އެވެ. އަދި ސެވިއްޔާ އިން ޕާޕޫގެ ކޮންޓުރެކްޓް ބާތިލްކުރީ އެކަމާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކުރިން އިޓަލީގެ އެޓަލާންޓާ އަށް ކުޅުނު ޕާޕޫ ހިލޭ ޓްރާންސްފާއެއްގައި މޮންޒާ އަށް ބަދަލުވީ މިދިޔަ މަހުގެ ތެރޭގަ އެެވެ.

ގަތަރުގައި މިދިޔަ އަހަރު އޮތް ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބުކުރިއިރު، ޕާޕޫ ވަނީ ދެ މެޗެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެފަ އެވެ.