Advertisement

އަނިޔާގެ ސަބަބުން ފެނާންޑޭޒް އަށް ސީޒަން ނިމިއްޖެ

26 އޭޕްރީލް 2024 - 17:32 0


އަނިޔާގެ ސަބަބުން ފެނާންޑޭޒް އަށް ސީޒަން ނިމިއްޖެ

26 އޭޕްރީލް 2024 - 17:32 0

ލަންޑަން (26 އޭޕްރީލް) - ޗެލްސީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޒުވާން މިޑްފިލްޑަރު, އެންޒޯ ފެނާންޑޭޒް އަށް އަނިޔާވެ, އޮޕަރޭޝަން ކުރުމާއެކު, ދެން މި ސީޒަނުގައި އޭނާ ނުފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޗެލްސީ އިން ވަނީ ފެނާންޑޭޒް, 23, ގްރޮއިން މައްސަލަ ދިމާވެ, ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައިވާކަން ހާމަކޮށްފަ އެވެ. އަދި މި ސީޒަނުގައި ޗެލްސީ ކުޅެން ހަ މެޗު އޮތްއިރު, އެ ހަ މެޗުގައި ފެނާންޑޭޒް ނުފެންނާނެ ކަމަށް ޗެލްސީ އިން ވަނީ ބުނެފަ އެވެ.

އެކަމަކު އަނިޔާއިން ސަލާމަތްވެ, ފެނާންޑޭޒް އަށް މި އަހަރު ޖޫން މަހު ފަށާ ކޮޕަ އެމެރިކާ މުބާރާތުގައި ވާދަކުރެވޭނެ ކަމަށް ބެލެވެ އެވެ.

ބެންފީކާ ދޫކޮށް ފެނާންޑޭޒް ޗެލްސީ އަށް ބަދަލުވީ 107 މިލިއަން ޔޫރޯ އަށް މިދިޔަ ސީޒަނުގަ އެވެ. ޗެލްސީ އިން ފެނާންޑޭޒް ހޯދަން މަސައްކަތްކުރިއިރު, ޔޫރަޕްގެ ގިނަ ޓީމުތަކުންވެސް އޭނާއަށް ޝައުގުވެރިކަން ފާޅުކުރި އެވެ.

އެއީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފެނާންޑޭޒް ދެއްކި ތަފާތު މޮޅު ކުޅުމާއެކުގަ އެވެ. އެ ފަހަރުގެ ވޯލްޑް ކަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ފެނާންޑޭޒް އެވެ.